ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު - ފޮޓޯ: މިހާރު

ރޯދަ އެލަވަންސް ކުޑައެއް ނުކުރާނަން: ފިނޭންސް މިނިސްޓަރު

1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި މުވައްޒަފުންނަށް ދޭ ރޯދަ އެލަވަންސް ކުޑަ ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި މުވައްޒަފުންނަށް ދޭ ރޯދަ އެލަވަންސް ކުޑަ ނުކުރާނެކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާއިރު، ސަރުކާރުން ދަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށާއި މި ވައިރަހުގެ ސަބަބުން މާލީގޮތުންނާއި އިގްޤީޞާދީގޮތުން ރާޢްޖެއަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުންވަމުންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން %20 އުނިކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާއިރު، މިވައިރަހާއި ގުޅިގެން ދަޢުލަތުގެ ބަޖެޓުން 1 ބިލިއަން ރުފިޔާ އުނިކުރަންވެސް ވަރީޒުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

އަދި ސަރުކާރުންވަނީ މިމަހުގެ 19 ން 26 އަށް ސަރުކާރު ބަންދުކުރަންވެސް ނިންމާފައެވެ.

މީގެއިތުރުން މިވައިރަހުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ 6.9 ބިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށާއި، މުވައްޒަފުންގެ މުސާރަ ކުޑަނުކުރާނެކަމަށްވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ