ލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުކުންނަ އިރު ޕާސްޕޯޓު ގެންގުޅެން އެދެފި

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުކުންނަ އިރު ޕާސްޕޯޓް ގެންގުޅެން ހާއްސަ ސަމާލުކަމެއް ދޭން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ރޭ އިލްތިމާސްކޮށްފި އެވެ.

ލަންކާގައި ހުންނަ އެމްބަސީން ކުރި ޓުވީޓެއްގައި ބުނީ ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ބޮންގޮއްވައި ދިން ހަމަލާތަކާ ގުޅޭ ތަހުގީގު ކުރިއަށްދާތީ ކަމާބެހޭ ފަރާތްތަކުން އަދިވެސް އަންނަނީ ގެތަކާއި އެ ނޫން ވެސް ތަންތަން ބަލައި ފާސްކުރަމުން ކަމަށެވެ.

ލަންކާގެ ގަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތްވާ ގޮތަށް ޕާސްޕޯޓުގައި ވިސާގެ ކަންކަން ފުރިހަމަވެފައިވޭތޯ ބެލުމަށް ވެސް އެމްބަސީން އިލްތިމާސްކުރެ އެވެ.

އާދީއްތަ ދުވަހު ލަންކާގެ އަށް ތަަނަކަށް ވަރުގަދަ ބޮމުގެ ހަމަލާތައް ދިންއިރު، އެ ހާދިސާގައި 359 މީހުން ވަނީ މަރުވެފައެވެ. އަދި 500 އަށްވުރެ ގިނަ މީހުން އެ ހާދިސާގައި ޒަހަމްވިއިރު، މިއަދުވެސް އެ ގައުމުގެ އެކި ސަރަހައްދުތަކުން ގޮވާތަކެއްޗާއި ބޮން ފެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެވެ. ނަމަވެސް އާދީއްތަ ދުވަހުގެ ހަމަލާއަށް ފަހު އަދި މިހާތަނަށް ބޮމުގެ ހަމަލާއެއް ދީފައެއް ނުވެއެވެ. އަދި އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ 80 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ