މިނިސްޓަރ އައިޝަތު ޢަލީ ނޫސްވެރިންގެ ބައްދަލުވުމެއްގައި - ފޮޓޯ: ސަން

އޯލެވެލް އިމްތިޙާނަށާއި ސްކޫލް ޗުއްޓީތަކަށް ބަދަލު ގެނެސްފައެއްނުވޭ: އެޑިއުކޭޝަން

އޯލެވެލް އިމްތިޙާނަށާއި ސްކޫލްތަކުގެ ޗުއްޓީއަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ބައެއް އިމްތިހާނު ތަކާއި ޗުއްޓިތަކަށް ބަދަލު ގެނެސްފައިވާ ކަމަށް މީސް މީޑިއާގައި ފަތުރަމުން ގެންދާ ވާހަކަތަކާއި ގުޅިގެން އެޑިއުކޭޝަނުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައެއް އިމްތިހާންތަކާއި ޗުއްޓީއަށް ބަދަލު ގެނެސްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ސައްޚަ މަޢުލޫމާތެއް ނޫންކަމަށެވެ.

"ކޮވިޑް-19އާ ގުޅިގެން އޯލެވެލް އިމްތިހާނާއި ސްކޫލް ޗުއްޓީއަށް މި މިނިސްޓްރީން ބަދަލު ގެނެސްފައިވާ ކަމަށް ސޯޝަލް މީޑިއާގައި މިހާރު ފަތުރަމުންދާ މަޢުލޫމާތަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މަޢުލޫމާތުތަކެއް. މުޅި ގައުމަށް ދިމާވެފައިވާ މިފަދަ ކާރިސާގެ ދަނޑިވަޅެއްގައި މިފަދަ ސައްޚަނޫން މަޢުލޫމާތު ނުފެތުރުމަށް އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވަން." އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ދަރިވަރުން މެއި ޖޫން ގައި އިށީނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް މީގެކުރިންވެސް އެޑިއުކޭޝަން މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.

އެމިނިސްޓްރީއިން ވިދާޅުވީ، އިނގިރޭސިވިލާތުގެ ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ކެންސަލް ކޮށްފައިވީ ނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ޤައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަރނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައިނުވާކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ދަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށާއި މި ވައިރަހުގެ ސަބަބުން މާލީގޮތުންނާއި އިގްޤީޞާދީގޮތުން ރާޢްޖެއަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުންވަމުންނެވެ.

އެގޮތުން ސަރުކާރުން ގޮތުން ސަރުކާރުންވަނީ ސްކޫލަތަކާއި ޔުނިވާސިޓީތައްވެސް ދެހަފްތާއަށް ވަގުތީ ގޮތުން ބަންދު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ