ޑިބާލާއާއި އޭނާގެ 'ގާލްފްރެންޑް'ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޕައުލޯ ޑިބާލާއާއި އޭނާ ރައްޓެހިވެގެން އުޅޭ އޮރިއާނާ ސަބާޓިންވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޑިބާލާއަކީ ޔުވެންޓަސްއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 3 ވަނަ ކުޅުންތެރިޔާއެވެ. މިމަހުގެ ކުރީކޮޅު ޔުވެންޓަސްއަށް ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު ރުގާނީ މިވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، އެކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ މަޓުއިޑީ ޕްޒިޓިވްވެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ކޮވިޑް-19 އަށް ޑިބާލާ ޕޮޒިޓިވްވެފައިވާކަން ޓްވިޓާ މެދުވެރިކޮށް އޭނާ ޙިއްސާކޮށްފައިވާއިރު، ބުނީ އޭނާއާއި އޭނާ ރައްޓެހިވެގެން އުޅޭ އޮރިއާނާ ސަބާޓިންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށާއި، އެދެމީހުންގެވެސް ހާލު ރަނގަޅުކަމަށެވެ.

ޑިބާލާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ، ޔުވެންޓަސްގެ ކުޅުންތެރިންނާއި، ސްޓާފުންނާއި، މެނޭޖަރުންނާއި ކްލަބުގެ އެހެނިހެން މުވައްޒަފުން ކަރަންޓީންކޮށްފައި ވަނިކޮށެވެ. މިކަމާއި ޖުވެންޓަސްއިން ބުނީ ޙާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، މާރޗް 11 އިން ފެށިގެން އޭނާ ހުރީ އަމިއްލައަށް ހޯމް އައިސޮލޭޝަންގައިކަމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އިޓަލީގެ ވޫހާން ސިޓީއިން ފެނުނު ކޮވިޑް-19 ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، ޔޫރަޕުގައި މިވައިރަސް އެންމެ ގަދަޔަށް ފެތުރެނީ އިޓަލީގައެވެ. އިޓަލީއިން މިވައިރަހަށް މިހާރު 50000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، 4500 އަށްވުރެ ގިނަ މީހުންވަނީ މިވައިރަހުގައި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ