ހަމޭސް ރޮޑްރިގޭޒް - ފޮޓޯ: އޭއެސް އިންގްލިޝް

ހަމޭސް ރޮޑްރިގޭޒް އެނބުރި ރެއަލްމެޑްރިޑަށް އަންނަނީ

ލޯނެއްގެ ދަށުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރެއަލްމެޑްރިޑްގެ ހަމޭސް ރޮޑްރިގޭޒް އަންނަ ހޫނު މޫސުމުގައި ރެއަލްމެޑްރިޑަށް އެނބުރި އަންނަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.

ރޮޑްރިގޭޒް ބަޔާންއާއި ގުޅުނި ދެއަހަރުގެ މުއްދަތަކަށެވެ. އަދި އެމުއްދަތު ހަމަވާން މިހާރުއޮތީ މަދު މަސްކޮޅެކެވެ. އެހެން ނަމަވެސް ބަޔާންއިން ރޮޑްރިގޭޒް ގަންނަން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ރިޕޯޓްތައް ބުނެއެވެ.
ރޮޑްރިގޭޒް ކޮންޓްރެކްޓް ދާޢިމި ކުރުމަށް ބަޔާންއިން 35 މިލިއަން ޔޫރޯ ޚަރަދު ކުރަންޖެހެއެވެ. އެހެން ނަމަވެސް ބަޔާންއިން ރޮޑްރިގޭޒްގެ ބަދަލުގައި ބޭނުންވަނީ އެހެން ކުޅުންތެރިއެއް ގެންނަންކަމަށް ރިޕޯޓްތައް ބުނެއެވެ.
އުމުރުން 27 އަހަރުގެ ރޮޑްރިގޭޒް ރަނގަޅު ފޯމެއްގައި ހުރިނަމަވެސް ބަޔާން އަދި ޑޯޓްމުންޑް ބައްދަލުކުރި މެޗުގައި ރޮޑްރިގޭޒް ބޭނުންކޮށްފައެއްނުވެއެވެ.

މެޗުގައި ޓީމު ޑިފެންސް ކުރުމުގައި ރޮޑްރިގޭޒް އެހާ އެފެކްޓިވް ނޫންއިރު ބަޔާންއާއި އަލަން ޙަވާލުވި ކޯޗު ނީކޯ ކޮވެޗްއަށް ރޮޑްރިގޭޒް މާކަމުދާ ކުޅުންތެރިއަކަށް ނުވެއެވެ.

މައިންޒް އަތުން 6-0 ގެ ނަތީޖާއަކުން ބަޔާން މޮޅުވި މެޗުގައި 2017 ވަނަ އަހަރުގެ ހޫނު މޫސުމުގައި ބަޔާންއާއި ގުޅުނު ރޮޑްރިގޭޒްވަނީ ހެޓްރިކެއް ހަދާފައެވެ. އަދި މިމެޗަށްފަހު ބަޔާންއިން ރޮޑްރިގޭޒްގެ ކޮންޓްރެކްޓް ދާޢިމީކުރާނެކަމުގެ އަޑު ވަރަށް ގަދަޔަށް ފެތުރުނެވެ.

ހަމޭސް ރޮޑްރިގޭޒް ރެއަލްމެޑްރިގައި އުޅުނި ދުވަސްވަަރު ހޯދި ޗެމްޕިއަންސް ލީގު ތައްޓަކާއެކު - ފޮޓޯ: ސްޕޯޓްސް އިލަސްޓްރޭޓެޑް

ޕޯޓޯ އަދި މޮނާކޯއަށްވެސް ކުޅެދީފައިވާ ރޮޑްރިގޭޒް ރެއަލްމެޑްރިޑާއެކު ސީޒަން ފުރިހަމަކޮށްފައިވެއެވެ. ދެ ޗެމްޕިއަންސް ލީގު ރެއަލްމެޑްރިޑަށް ކާމިޔާބުކުރުމުގައި އެހީތެރިވެދީފައިވެއެވެ. ރެއަލްމެޑްރިޑްގައި ހޭދަކުރި އެންމެ ފަހު ސީޒަންގައި ލަލީގާއިން ރޮޑްރިގޭޒް ފެނިފައިވަނީ އެންމެ 13 މެޗުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ