އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަކަށް އަހްމަދް އަކްރަމް އިންތިހާބް ކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން ކުރެއެއްވި ޓްވީޓެއެއްގައި ވިދާޅުވެފައިވަނީ ކޮމިޝަންގެ 25 ވަނަ ކުއްލި ޖަލްސާގެ އިއްތިފާގުން އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަކަށް މެމްބަރު އަހްމަދް އަކްރަމް އިންތިހާބް ކޮށްފި ކަމަށެވެ.
މިއަދު ހުސްވާ އިލެކްޝަން ކޮމިޝަނުގެ މެމްބަރުންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖްލިހަށް ނަންފުޅު ފޮނުވާފައިވާ ފާރާތްތަކަކީ އަލްފާޟިލް އަހުމަދު އަކުރަމް، އަލްފާޟިލް އަހުމަދު ފަޔާޟު ހަސަން، އަލްއުސްތާޛާ މަރްޔަމް ހަނީފާ ޚާލިދު އަދި އަލްފާޟިލް އަހުމަދު މަންޞޫރު އެވެ.
އެގޮތުން ކޮމިޝަންގެ 25 ވަނަ ކުއްލި ޖަލްސާގައި މިވަނީ އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަކަށް މެމްބަރު އަހްމަދް އަކްރަމް އިންތިހާބް ކޮށްފައެވެ.