ކޮވިޑް-19: ސަރުކާރުން ރިސޯޓު ބޭނުންކުރާ މުއްދަތުގައި ކުލި ދައްކާކަށް ނުޖެހޭނެ

ސަރުކާރުން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ރިސޯޓެއް ބޭނުން ކުރާ މުއްދަތުގައި އެ ރިސޯޓެއްގެ ކުލި ސަރުކާރަށް ދައްކަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ސަރުކާރުން ރިސޯޓެއް އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާ މުއްދަތުގައި ކުލި ދައްކަވަން ނުޖެހޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ބައެއް ފަރާތްތަކުން ރިސޯޓު ތަކުގެ ކުލި އެއް އަހަރުވަންދެން ދައްކަން ނުޖެހޭނެ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން ދާ ކަމަށާއި ނަމަވެސް ސަރުކާރަށް ކުލި ދައްކަން ނުޖެހޭނީ ހަމައެކަނި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ސަރުކާރުން އެ ރިސޯޓެއް ބޭނުންކުރާ މުއްދަތުގައި އެކަނި ކަމަށެވެ.

ސަރުކާރުން ރިސޯޓުތަކުގައި ބޭނުންކުރާ ރޫމަކަށް ދުވާލަކަށް 750 ރުފިޔާ ދައްކާ ކަމަށާއި އެއީ އެރޫމުގައި ކަރަންޓީނު ކޮށްފައި ތިއްބަވާ މީހުންގެ ކެއުމަށާއި ކަރަންޓާއި ފެނަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. ރޫމެއްގެ ދެ އެނދު ހުންނައިރު އެއީ ބޮލަކަށް 375 ރުފިޔާ ކަމަށާއި އެއީ ބޮޑު އަދަދެއް ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު މިހާތަނަށް ފައްސި ވެފައިވާއިރު އޭގެ ތެރެއިން މިއަދާއި ހަމައަށް ފަސް މީހަކު ވަނީ ރަނގަޅު ވެފައެވެ. މިވަގުތު ބާކީ ޕްޒިޓިވްކޮށް ތިބީ 8 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ބެއްޔާބެ

    ބަލަ މިޖެހުނީ ކޮންތާކު. ގައިމު ސޭޓު ބުނީ ބަދަލެއް ބޭނުމެއް ނޫނޭ. ހިލެއޭ ރިސޯޓް ދެނީ. ބަންދުކޮށްފައި އޮންނަ ދުވަސްތަކަށްވާ ކުލި މާފުވީމާ ވަރަށް ހިލޭވީތާ. ބަލަ ހުރިހާ މޮޅެއް ސޭޓުމެއްނަން. ކުލި ވެސް ދައްކާކަށް ނުޖެހޭ. ނުވިތާކަށް ބަންދުކުރީމާ މުވައްޒަފުންނަށް މުސާރަ ވެސް ދޭކަށް ނުޖެހޭ. ބަންދުކުރި ގެސްޓްހައުސްތައް ވެސް މަށަށް ފެންނަނީ ކޮރަންޓައިން ފެސިލިޓީތަކަށް ހަދަން. އަދި އެ ތަންތަނަށް ދައްކަންޖެހޭ ކުލި ސަރުކާރުން ދައްކާ ގޮތަށް. ހަމަ އެއްތާކު ދޯ ޖެހޭނީ. ދައުލަތަށް ލިބޭ ގެއްލުމެއް. ހެޔޮ އެދިގެން ސޭޓުމެން ކޮށްދިން ކަމަކަށް ނުވިއެއްނު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ