ރެއަލްމެޑްރިޑްގެ އިތުރު ރައީސަކަށް ކޮވިޑް-19 ޖެހިއްޖެ

ރެއަލްމެޑްރިޑްގެ ކުރީގެ ރައީސް ފާނަންޑޯ މާޓިންއަށްވެސް ކޮވިޑް-19 ޖެހިއްޖެއެވެ.

ރިޕޯރޓްތައް ބުނާގޮތުން ސްޕެއިންގެ ޕުއާޓާ ޑެހިއެރޯ ހޮސްޕިޓަލްގައި މާޓިންއަށް މިހާރު ގެންދަނީ ފަރުވާދެމުންނެވެ. މާޓިން ރެއަލްމެޑްރިޑްގެ ރައީސްކަމާއި ޙަވާލުވީ 2006 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެއީ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މަޤާމުން އިސްތިއުފާއި ދިނުމާއި ގުޅިގެންނެވެ. އަދި ޖެހިގެންއައި އޭޕްރީލް 26 ގައި މާޓިން ވަޒީފާއިން ވަކިވީ ސީޒަން ނިމުމުން އިންތިޚާބު ބާއްވަން ރެއަލްމެޑްރިޑުން ނިންމުމާއި ގުޅިގެންނެވެ.

އުމުރުން 72 އަހަރުގެ މާޓިންއަށް ކޮވިޑް-19 ޖެހިފައިވާއިރު، ރެއަލްމެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސެންޒްވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އޭނާ މަރުވިއިރު އުމުރަކީ 76 އަހަރެވެ.

ސްޕެއިނުން މިވައިރަހަށް 35000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 2000 އަށްވުރެ ގިނަ މީހުންވަނީ މިވައިރަހުގައި އެޤައުމުން މަރުވެފައެވެ.

ޗައިނާގެ ވޫހާން ސިޓީއިން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 މިހާރު އެންމެ ގަދަޔަށް ފެތުރެނީ ޔޫރަޕްގައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ އިޓަލީ އަދި ސްޕެއިންގެ އިތުރުން ޖަރުމަނީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ