ހައްދުފަހަނައެޅުން ގުޅެނީ ހަމުގެ ކުލަޔާ އަޅާ ހެދުމަކާ ނޫން - ޗީފް އޮފް ސްޓާފް

ހައްދުފަހަނަ އަޅާ ދިއުމާ ގުޅިފައިވަނީ މީހާގެ ހަމުގެ ކުލަޔާއި، އަޅާ ހެދުމާ ނޫންކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފަދަ ކަންކަން ގުޅެނީ ވިސްނުމާއި، ފިކުރާ ކަމަށެވެ.

"ނިރުބަވެރި ޢަމަލުތައް ހިންގުމާއި، ހައްދުފަހަނަ އަޅާ ދިއުމަކީ، ހަމުގެ ކުލަޔާއި މީހަކު އަޅާ ހެދުމަކަށްވުރެ ބޮޑަށް ތިމާގެ ވިސްނުމާއި، ފިކުރު އަދި ޤަބޫލުކުރާ ޤަބޫލުކުރުންތަކާ ގުޅިފައިވާ ކަމެއް." ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޢަލީ ޒާހިރު ވިދާޅުވީ، މިފަދަ ހައްދުފަހަނަ އަޅާފައިވާ ފިކުރުތަކާ ދެކޮޅަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް މިހެން ވިދާޅުވެފައި މިވަނީ، އަވަށްޓެރި ސްރީލަންކާގައި މިދިޔަ އާދީއްތަ ދުވަހު ޖާނުންފިދާވެގެން ބޮންތަކެއް ގޮއްވާލައި 253 މީހުން މަރާލާފައިވާ ދަނޑިވަޅެއްގައެވެ.

ސްރީލަންކާގެ ފައްޅިތަކަށާއި އަދި ބައެއް މަޝޫރު ހޮޓާތަކަށް އީސްޓާ ސަންޑޭއާއި ދިމާކޮށް ޖާނުން ފިދާވެގެންދިން ހަމަލާތަކުގެ ޒިންމާ ނަގައިފައިވަނީ އައިއެސް ޖަމާއަތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ