ކޮވިޑް-19 އާއި ގުޅިގެން އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން އިންޑީއާ ވަނީ 21 ދުވަހަށް ލޮކްޑައުން ކޮށްފައެވެ. އިންޑިއާގެ ބޮޑު ވަޒީރު ވަނީ 3 ހަފްތާ އަށް އެގައުމު ލޮކްޑައުން ކޮށްފައިވާކަން އިޢުލާން ކޮށްފައެވެ. މިއާއިއެކު ރާއްޖެ އަށް ގިނަ ބާވަތްތަކެއްގެ ކާބޯތަކެއްޗާއި ބޭސް އެތެރެ ކުރާ އިންޑިއާއިން އެއްޗެހި ނުލިބުމުގެ ދަތިތައް ކުރިމަތި ވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން ނެވެ.
ހާއްސަކޮށް ރާއްޖެއަށް ކާޑު ލިބުމުގައި ދަތިތަކެއް ދިމާވާނެ ކަމަށް ބުނަމުން ދަނިކޮށް އިންޑިއާއިން ވަނީ ރާއްޖެ އަށް ކާޑުގެ ބާވަތްތައް ދަތިނުވެ ލިބޭނެ ކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަނޑިވަޅުގައި އިންޑީއާ ސަރުކާރުން ރާއްޖެއަށް ބޭނުންވާ ކާނާގެ ބާވަތްތައް ފޯރުކޮށްދިނުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތް ބަލައިގަންނަ ކަމަށާއި އެކަމަށް އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފައެވެ.
Sincere thanks & appreciation to the Govt. of India, for the assurance to maintain the supply of essential food items such as wheat flour, rice & sugar to the Maldives, despite current challenges and limitations. We truly appreciate India's kindness towards the Maldivian people. https://t.co/WaokHzPe18
— Abdulla Shahid (@abdulla_shahid) March 25, 2020
ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއިއެކު މި ބަލި ފެތުރެމުން ދާއިރު ރާއްޖެއިން މިހާތަނަށް 13 ފަރާތެއް ފައްސިވެފައި ވާއިރު އޭގެ ތެރެއިން 5 ފަރާތެއް ރަނގަޅުވެފައި ވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
އިންޑިއާއިން މިހާތަނަށް ކޮވިޑް-19 އަށް 521 މީހަކު ފައްސި ވެފައިވާއިރު 10 މީހަކު ވަނީ މަރުވެފައެވެ. 40 މީހަކު ވަނީ އެގައުމުން ރަނގަޅުވެފެއެވެ.



