ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ވިިލިމާލޭ މަގުތައްވެސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މާލެސިޓީ ކައުންސިލްއާއި ގުޅިގެން ވިލިމާލެގެ މަގުތައް ޑިސްއިންފެލްޓް ކުރުމުގެ މަސައްކަތް ފަށައިފާ ވާކަމަށެވެ.
ހަލުވި ކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް ( ކޯވިޑް-19 ) އިން ރައްކާތެރިވުމުގެ ގޮތުން މީގެ ކުރިން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އާއި މާލެސިޓީ ކައުންސިލްއާއި ގުޅިގެން މާލެސިޓީ އާއި ހުޅުމާލޭގެ މަގުތައްވެސް ކުލޮރިން އަޅައިގެން ސާފުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލާއި ފެނަކަ ފުވައްމުލަކު ބްރާންޗް ގުޅިގެން ފުވައްމުލަކުގެ މަގުތަކާއި، ބަނދަރު އަދި ޕާރކް ތަކާއި މައިޒާންތައް ޑިސްއިނފެކްޓް ކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.
ރާއްޖޭގައި ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ކޯވިޑް-19 އިން ރައްކާތެރިވުމަށް ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ވަނީ ބާރުއަޅާފައެވެ. އަދި އާންމުން އެއްވެ އުޅުން މަދުކުރުމަށް ޕާކްތަކާއި މައިޒާންތައް ބަންދުކޮށް ކެފޭ ރެސްޓޯރެންޓްތައްވެސް ވަނީ ބަންދުކޮށްފައެވެ.




