ފާމަސީ-ފޮޓޯ: އެސްޓީއޯ

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގައި ނުގެނެވި ހުރި ބޭހުގެ ބާވަތްތައް ރާއްޖެ ގެންނަނީ

އިންޑިއާއިން ރާއްޖެއަށް ގެންނަން ޖެހޭ ބޭހުގެ ބާވަތްތައް ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ނުގެނެވި ލަސްވުމާ ގުޅިގެން އެތަކެތި ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އިންޑިއާގެ 5 ސިޓީއަކުން ރާއްޖެ ގެނައުމަށް ތައްޔާރުކޮށްފައިވާ ބޭހުގެ ބާވަތްތައް ތައްޔާރަށް ހުރިނަމަވެސް އެތަކެތި ރާއްޖެއަށް ގެނައުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައި ކަމަށާއި އަދި ދަތިތައް ދިމާވެފައިވަނީ ކޮވިޑް-19އާ ގުޅިގެން މުޅި އިންޑިއާ ލޮކްޑައުން ކުރެވިފައިވުމާ ގުޅިގެން، އެގައުމުގެ ދަތުރުފަތުރުގެ ނިޒާމަށް މަޑުޖެހުމެއް އައިސްފައިވާތީކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވިއެވެ.

މި ބޭސްތަކަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން އޯޑަރުކޮށްފައިވާ ބޭހެވެ. މިކަމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ސުބްރަމާނިއަމް ޖައިޝަންކަރާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ. އަދި ބޭހުގެ ބާވަތްތައް މެދުކެނޑުމެއް ނެތި ރާއްޖެއަށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހު އިންޑިއާއިން ވަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ 3 މަސްދުވަހުގެ ސްޓޮކް ހިލޭ ދީފައި ވާކަމަށާއި، ލޮކްޑައުން ހާލަތާ ގުޅިގެން ކާޑުގެ ބައެއް ބާވަތްތައް އިންޑިއާގެ ބަނދަރުތަކުން ބަރުކުރުމުގައި ދިމާވި ދަތިތައް ފިލުވައި، މިހާރު ބައެއް ޝިޕްމަންޓްތައް ވަނީ ރާއްޖެއަށް ގެނެވިފައިކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ