ކޮވިޑް-19 އާއި ގުޅިގެން ބާސެލޯނާއަށް 100 މިލިއަން ޔޫރޯގެ ގެއްލުން!

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ފުޓްބޯޅަ މެދުކަނޑާލާފާއިވާއިރު އެކަމުގެ ސަބަބުން ބާސެލޯނާއަށް 100 މިލިއަނަށް ޔޫރޯގެ ގެއްލުންވާނެކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

މިއަޑިގަނޑުން އަރައިގަތުމަށް ބާސެލޯނާއިން އަންނަނީ ގިނަ މަސައްކަތްކުރަމުންނެވެ. އެގޮތުން އެންމެ ބޮޑަށް ވާހަކަ ދެކެވެނީ ކުޅުންތެރިން މުސާރަ ކުޑަކުރުމަށެވެ. މިކަމާއި ގުޅިގެން މީގެކުރިންވެސް މަޝްވަރާތަކެއް ކުރެވިފައިވާއިރު، އެމަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވުމުން ބާސެލޯނާއިންވަނީ ކުޅުންތެރިން މުސާރައިން %70 އުނިކުރަން ނިންމާފައެވެ.

އެހެންނަމަވެސް ބާސެލޯނާގެ މިނިންމުމާ ގިނަ ކުޅުންތެރިން ހިތްހަމަ ނުޖެހޭތީ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންދަން އެކްލަބުންވަނީ ނިންމާފައެވެ.

ބާސެލޯނާއިން ކްލަބު ސީނިއާ ހުރިހާ ޓީމުތަކަކުން މުސާރަ އުނިކުރަން ނިންމާފައިވާއިރު، އޭގެތެރޭގައި ފިރިހެން ފުޓްބޯޅަ ޓީމާއި، އަންހެން ފުޓްބޯޅަ ޓީމުގެ އިތުރުން ފިރިހެން ބާސްކެޓް ޓީމުވެސް ހިމެނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްޕެއިންގައި ކުއްލިހާލަތު އިޢުލާންކޮށްފައިވާއިރު، އޭގެ އަސަރު ތަފާތު ކުޅިވަރުތަކަށްވަނީ ކޮށްފައެވެ. އަދި ސްޕެއިންގެ ހުރިހާ ކުޅިވަރުތަކެއްވަނީ މެދު ކަނޑާލަން ނިންމާފައެވެ. އެހެންކަމުން މެޗު ކުޅޭދުވަސް ދުވަހު ލިބޭ އާމްދަނީއާއި އެލީޓް ކަލްބުތަކުންނާއި، މިއުޒިއަމްތަކުން ލިބޭ އާމްދަނީވަނީ ހުއްޓިފައެވެ.

ރިޕޯރޓްތައް ބުނާގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ޗެމްޕިއަންސް ލީގު ނުފައްޓައިފިނަމަ، އިތުރު 22-25 މިލިއަން ރޫޔޯގެ ގެއްލުމާއި ބާސެލޯނާ ކުރިމަތިލާން ޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ