ކުނި އުކާލުމުގެ އުޞޫލުތަކާ ޚިލާފުވި 17 ފަރާތެއް ޖޫރިމަނާ ކޮށްފިއެވެ.
ތިމާވެށި ފުލުހުންގެ ވޭތުވެދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ކުނި އުކާލުމުގެ އުޞޫލުތަކާ ޚިލާފުވެގެން 17 ފަރާތެއް ޖޫރިމަނާ ކޮށްފައިވެއެވެ.
ތިމާވެށި ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު، 17 ފަރާތެއް ޖޫރިމަނާ ކޮށްފައިވާއިރު، އުޞޫލުތަކާ ޚިލާފަށް ކުނި އުކާލަން މަސައްކަތްކުރި 94 ފަރާތަކަށް އަނގަބަހުން ފުލުހުން ނަސޭހަތްތެރިވެފައިވެއެވެ. އަދި 5 އޮފީހަކަށާއި، 2 ކެފޭއަކަށް އަދި 12 ފިހާރައިގެ އިތުރުން 51 ގެއަކަށްވެސް ތިމާވެށި ފުލުހުން ޒިޔާރަތް ކޮށްފައިވެއެވެ.
މީގެ އިތުރުން ކުންޏާއި، މަގުމައްޗަށް ކުނި އުކުމުގެ 57 މައްސަލައެއް ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ތިމާވެށި ފުލުހުން ހައްލުކޮށްފައިވާއިރު، މަގުމައްޗަށް ކުނި އުކުމުގެ 37 މައްސަލައެއް އަދިވެސް ހައްލު ނުކުރެވި އެބަހުއްޓެވެ.
ކުނި އުކާލުމުގެ އުޞޫލުތަކާ ޚިލާފުވި ފަރާޓްތަކުގެ އިތުރުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން، މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން 46 ފަރާތެއްވެސް ފުލުހުން ވަނީ ޖޫރިމަނާ ކޮށްފައެވެ.




