ހުޅުމާލެ- ފޮޓޯ: އެޗްޑީސީ

އެޗްޑީސީ އިން ކުލީ ގެ %30 ދެއްކުން ފަސްކޮށްދީފި

ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ "ކޯވިޑް-19" ރޯގާއާ ގުޅިގެން، ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭނުގެ ދަށުން ފަރުދުންނާއި، ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދޫކޮށްފައިވާ ފުލެޓު، ގޯތިތައް، ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި އަދި ސިނާޢީ ބިންތަކަށް އިންސްޓޯލްމަންޓް / ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދުގެ %30 (ތިރީސް އިންސައްތަ) އަށްވާ ފައިސާ ދެއްކުން ފަސްކުރުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެކޯޕަރޭޝަނުން ވިދާޅުވީ، ފަސްކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން 2020 ވަނައަހަރުގެ އޭޕްރީލް އަދި މޭ މަހު ދައްކަންޖެހޭ ކުލީގެ ފައިސާގެ %30 އެވެ. އެގޮތަށް ދެ މަހުގެ އިންސްޓޯލްމަންޓް / ކުއްޔަށްވާ ފައިސާގެ %30 (ތިރީސް އިންސައްތަ) ދެއްކުން ފަސްކޮށްދެވޭނީ، އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކަވަމުންދާ ފަރާތްތަކުގެ ތެރެއިން، މިކަމަށް އެދި އެ ކޯޕަރޭޝަނަށް ފޯމު ހުށަހަޅުއްވާ ފަރާތްތަކަށް ކަމުގައި އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް، އެއްބަސްވުމާ އެއްގޮތަށް 2020 ވަނަ އަހަރުގެ އޭޕްރީލު އަދި މޭ މަހުގެ ޖުމްލަ އިންސްޓޯލްމަންޓް / ކުއްޔަށްވާ ފައިސާ އެ ކޯޕަރޭޝަނަށް ޖަމާވެފައިވާނަމަ، ކޮންމެ މަހެއްގެ އިންސްޓޯލްމަންޓް/ކުއްޔަށްވާ ފައިސާގެ
30% (ތިރީސް އިންސައްތަ) އަނބުރާ ރައްދުކޮށްދެވޭނެކަމުގައިވެސް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީ އިން ވިދަޅުވީ ފަސްކުރުމަށް ހަމަޖެހިފައިވާ 2 މަހުގެ އިންސްޓޯލްމަންޓް / ކުއްޔަށްވާ ފައިސާގެ %30 (ތިރީސް އިންސައްތަ) އެ ކޯޕަރޭޝަނަށް ދެއްކެވުމަށް 12 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް (ކަސްޓަމަރުން އެދިލައްވާ ގޮތެއްގެ މަތީން) އެކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، އެއްބަސްވުމުގެ ދަށުން އެ ކޯޕަރޭޝަނަށް ފައިސާ ދައްކަވަންޖެހޭ ފަރާތްތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ ޤަވާޢިދުން ފައިސާ ނުދެއްކެވިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމުން، އެކޯޕަރޭޝަނުން ޢަމަލު ކުރަމުންދާ ޑޭޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން ފައިސާ ދެއްކުމަށް ފުރުޞަތު ދެވޭނެ ކަމުގައި ވެސް ވަނީ ދަންނަވާފައެވެ.

ހަމައެހެންމެ މީގެ އިތުރުން މިކޯޕަރޭޝަނުން ހައުސިންގ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ސްކީމްތަކަށް ބަދަލު ކުރުމުގެ ފުރުޞަތުވެސް އެންމެހައި ފަރާތްތަކަށް އޮތްކަމުގައެވެ. އަދި އިސްލާމިކް ސްކީމްގެ ދަށުން ފައިސާ ދައްކަންޖެހޭ ތާވަލަށް ގެނެވޭ ބަދަލުގެ ސަބަބުން ކޮންޕައުންޑް އިންޓްރެސްޓް
ނާރާނެ ކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ