އޭޕްރީލް 13 ގެ ކުރިން ފަރިތަކުރުންތައް ނުފެށުމަށް އިޓަލީ ސަރުކާރުން އަންގައިފި

އޭޕްރީލް 13 ގެ ކުރިން ފަރިތަކުރުންތައް ނުފެށުމަށް އިޓަލީ ސަރުކާރުން އަންގައިފިއެވެ.

އިޓަލީގެ ސަރުކާރުން މިގޮތަށް އަންގާފައި މިވަނީ ބައެއް ޓީމުތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދަން ކުޅުންތެރިންނަށް އަންގަމުންދާ ދަނޑިވަޅެއްގައެވެ. އޭގެތެރޭގައި ލާޒިއޯއާއި ނަޕޯލީ ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ މިނިންމުމާއެކު ކްލަބުތަކުން ފަރިތަކުރުން ފައްޓަށް ކުރަމުންދާ ބަހުސްތަކަށް ނިމުން އައިސްފައިވާއިރު، ޕްރައިމް މިނިސްޓަރ ޖިއޮވާނީ ކޮންޓޭ ބުނީ، ލޮކްޑައުންއާއި ގުޅިގެން ސަރުކާރުންވަނީ އެއްވެ އުޅުން މަނާކޮށްފައިކަމަށާއި، އެއާއެކު ފަރިތަކުންތަށްވެސް ކުރިއަށް ނުގެންދެވޭނެކަމަށެވެ. އަދި އެކަމަށް ޑިމާންޑް ނުކުރުމަށްވެސް ކްލަބުތަކުން ޕްރައިމް މިނިސްޓަރު އެދިފައިވެއެވެ.

އަދި މިއީ ފަރުވާކުޑަކުރަންވީ ވަގުތު ނޫންކަމަށާއި، އޭރުން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެދާނެކަމަށްވެސް ޕްރައިމް މިނިސްޓަރު ބުންޏެވެ. އަދި މިމަސައްކަތްތަކުގެ ނަތީޖާ ފެންނަށް ފެށުމުން ސަރުކާރުގެ ނިންމުންތަކަށް ބަދަލު ގެންނަށް ފެއްޓޭނެކަމަށާއި، އަދި ޙާލަތު ނޭނގޭއިރު އެބަދަލުތައް އޭޕްރީލް 14 ގައިވެސް ގެނެވޭނެކަމަށް ބުނެވޭކަށް މިވަގުތު ނެތްކަމަށް އޭނާ ބުންޏެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް 110000 އަށްވުރެ ގިނަ މީހުން އިޓަލީއިން ޕޮޒިޓިވްވެފައިވާއިރު، މިވައިރަހުގައި އެޤައުމުން 13000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މުޅި ދުނިޔެއަށް ބަލާލާއިރު 935000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 47000 އަށްވުރެ ގިނަ މީހުން މިވައިރަހުގައި މަރުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ