މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް

މޫސުން ގޯސްވެ، ހުވަދު އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ހުވަދު އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު 15:45 އިން އިރުއޮއްސި 19:00ގެ ނިޔަލަށް ހުވަދު އަތޮޅަށް ވައިޓް އެލާޓު ނެރެފައިވާ ކަމަށާއި، މިސަރަހައްދަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓުއޮފީހުން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ. އަދި އެހެން ހިސާބު ތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެކަމަށްވެސް އެއޮފީހުންވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖޭގެ ކަނޑުތައް މަޑު ވާނެކަމަށާއި، ވައިޖެހޭނީ އުތުރާއި އިރުއުތުރުން، ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށްވެސްވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ