އެސްޓީއޯ ސުޕަމާޓުން އޮންލައިންކޮށް ވިޔަފާރި ކުރެވޭ ގޮތް ހަދައިފި އެވެ.
އެސްޓީއޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިހާރު އެކުންފުނީގެ (eSTOre) ވެބްސައިޓުން ކަސްޓަމަރުން ބޭނުންވާ ތަކެތި ގަނެލެވޭނެ ކަމަށެވެ. ކަސްތަމަރުންނަށް ޑެލިވަރީ އަދި ޕިކްއަޕް ސާވިސްވެސް ނެގެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. ޑެލިވަރީގެ ހިދުމަތް ހުޅުމާލެ އާއި ވިލިމާލެ އަށް ވެސް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
To shop for your essential items from @sto_supermart, visit https://t.co/lUL52yH90M and place your orders. You can choose between pickup & delivery service. In addition to Male', @redboxmaldives delivers the grocery items you chose to Hulhumale' and Villimale'. ☺️ pic.twitter.com/kmsmBnBmhJ
— STO Plc (@stoplc) April 3, 2020
އީސްޓޯ މެދުވެރިކޮށް ގަންނަން ބޭނުންވާ ހުރިހާ ތަކެއްޗެއް ވެބްސައިޓުގެ ކާޓަށް އެޅުމަށް ފަހު އޮންލައިންކޮށް އެ ހުރިހާ އެއްޗަކަށް ފައިސާ ވެސް ދެއްކޭނެ އެވެ. އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ލިބެން ހުންނަ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް އޮންލައިންކޮށް ގަނެވޭނެ އިންތިޒާމް އެ ކުންފުނިން މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ގިނަ ހިދުމަތްތަކެއް ދަނީ އޮންލައިންކޮށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.




