ލަވަކިޔުންތެރިޔާ ކަނީކާ

6 ވަނަ ޓެސްޓުން ކޮރޯނާއަށް ނެގެޓިވް ވުމުން ކަނީކަ ހޮސްޕިޓަލުން ދޫކޮށްލައިފި

މަޝްހޫރު ލަވަކިޔުންތެރިޔާ ކަނީކާ ކަޕޫރް 6 ވަނަ ޓެސްޓުން ކޮރޯނާއަށް ނެގެޓިވް ވުމުން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

"ބޭބީ ޑޯލް" އާއި "ދޭސީ ލުކް" ފަދަ ކާމިޔާބު ލަވަތަކެއް ކިޔާފައިވާ ކަނީކާ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ކޮވިޑް-19 އަށް ފަރުވާދިނުމަށްޓަކައި ކަނީކާ އެޑްމިޓް ކޮށްފައިވަނީ ލަކްނޯވ ގައި ހުންނަ ސަންޖޭ ގާންދީ ޕޯސްޓް ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގައެވެ. ހަތަރު ފަހަރު ޓެސްޓް ކުރިއިރުވެސް ކަނީކާ ވަނީ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެވެ. ނަމަވެސް މިހާރު ރިޕޯޓްތައް ބުނާ ގޮތުން 5 ވަނަ އަދި 6 ވަނަ ފަހަރު ކޮރޯނާއަށް ކުރި ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުން ކަނީކަ ވަނީ ހޮސްޕިޓަލްއިން ދޫކޮށްލާފައެވެ.

ބަލީގެ އަލާމާތްތައް ފެނި އެކަން ސިއްރުކޮށް ލަންޑަނުގައި އުޅުމަށް ފަހު އެނބުރި އިންޑިއާއަށް ގޮސް ގިނަބަޔަކާއި އެއްކޮށް ބޮޑު ޕާޓީއެއްގައި ކަނީކާ ބައިވެރިވެފައި ވުމުން ގިނަބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މިހާރު އިންޑިއާ 21 ދުވަހުގެ ލޮކްޑައުން އެއްގައި އޮތްއިރު މިހާތަނަށް 3000 އަށްވުރެ ގިނަ މީހުން އެ ގައުމުން ކޮވިޑް-19 އަށްވަނީ ޕޮސިޓިވްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ