ވެމްކޯގެ ވެހިކަލްތަކެއް - ފޮޓޯ: ވެމްކޯ

ވެމްކޯގެ ވެހިކަލްތައް ބާރަށް ދުއްވާ މައްސަލަ ބަލަނީ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގައި ކުނި ނެގުމަށް ބޭނުންކުރާ ވެހިކަލްތައް ބާރަށް ދުއްވާ މައްސަލަ ބަލަމުންދާ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

ވެމްކޯއިން ވިދާޅުވީ، އެކުންފުނީގެ ވެހިކަލްތައް ބާރަށް ދުއްވާ މައްސަލަ މެނޭޖްމަންޓުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެފަދަ މައްސަލަތައް ބެލުމަށް އިންޓާނަލް އޮޑިޓެއް ހިންގަމުންދާ ކަމަށެވެ.

ވެމްކޯގެ އިންޓަރނަލް އޮޑިޓުން، ބާރަށް ދުއްވާ ޑްރައިވަރުން ދެނެގަނެވޭނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އަދި
ދެ ހަފްތާގެ ތެރޭގައި އޮޑިޓްގެ މަސައްކަތް ނިމޭނެކަމަށާއި، ބާރަށް އެ ކުންފުނީގެ ވެހިކަލްތައް ދުއްވާ ޑްރައިވަރުންނާއި މެދު ފިޔަވަޅި އަޅާނެ ކަމަށްވެސް ވެމްކޯއިން ވިދާޅުވިއެވެ.

ވެމްކޯގެ ވެހިކަލްތައް ބާރަށް ދުއްވާ މައްސަލަ ބަލަން ފަށާފައިވާކަމަށް ވެމްކޯއިން ވިދާޅުވެފައި މިވަނީ، ކުނި އަރުވައިގެންދާ ވެމްކޯގެ ވެހިކަލްތައް ބާރަށް ދުއްވާ މައްސަލަ ބޮޑުވެ އާއްމުންގެ ފާޑުކިޔުން އެކުންފުންޏަށް އަމާޒުވެފައިވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ