މިއަދަކީ ކޮވިޑް-19 ޖެހިގެން ފުރާންސުން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަސް

ފުރާންސުން ކޮވިޑް-19 ފެނުނު ފަހުން މިއަދަކީ އެގައުމުގައި މިބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަސްކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން މައުލޫމާތު ދީފިއެވެ.

ފުރާންސުގެ ސިއްހީ އޮފިޝަލުންނާއި ހަވާލާދީ ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ފުރާންސުންވަނީ 833 މީހުން މަރުވެފައެވެ.

މަރުވި މީހުންގެ ތެރޭގައި ނާރސިން ގެތަކުގަޔާއި އަދި ހޮސްޕިޓަލުތަކުގައި މަރުވި މީހުން ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

މިއަދަދާއެކު ފުރާންސުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރުވަނީ 8،911 އަށް އަރައިފައެވެ. މިއާއެކު ފުރާންސު ވެގެން ގޮސްފައިވަނީ މިބަލީގައި ތިންވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމަށެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ. މިގޮތުން އިޓަލީންވަނީ 16,523 މީހުން މަރުވެފައެވެ. އަދި މިބަލީގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ސުޕެއިނުންނެވެ. ސުޕެއިނުންވަނީ 13،169 މީހުން މަރުވެފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮވިޑު-19 އެންމެ ބާރު މިނެއްގައި މިހާރު ފެތުރެމުންދަނީ ވިލާތުގެ ގައުމުތަކުގަޔާއި އަދި އެމެރިކާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ