ވިޔަފާރި ބަނދަރު

ވިޔަފާރި ބަނދަރުގައި ނުގެންގޮސް ހުރި މުދާތައް ނީލަން ކިޔަނީ

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަމުގައި ވިއްކާލުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ފަށައިފިއެވެ.

އެގޮތުން އެމްޕީއެލް އިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ނީލަން ކިޔުމަށް ހަމަޖެހިފައިވާ މުދާ ބެލުމަށް ބޭނުންވާ ފަރާތްތަކަށް 15 އެޕްރީލް 2020 ވާ ބުދަ ދުވަހުގެ ހަވީރު 14:00 ގައި އެފުރުޞަތު އޮންނާނެކަމަށެވެ.

މުދާ ބެއްލެވުމަށް ވަޑައިގަނެވޭނީ، މުދާ ބެލުމަށް ވަޑައިގަތުމުގެ 02 ގަޑިއިރު (12:00) ކުރިން 3328995 ނަންބަރު ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އައިޑީ ކާޑު ގެ ކޮޕީ އާއި ގުޅޭނެ ނަންބަރ ފޮނުއްވައި ނަން ނޯޓްކުރައް ވާ ފަރާތްތަކަށެވެ.

މި ނީލަމުގައި ބައިވެރިވެވޭނީ 16 އެޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އެކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓަށް ދުރުވެ، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ކަމުގައި އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 18 އެޕްރީލް 2020 ވާ  ހޮނިހިރު ދުވަހު 14:00 ން ފެށިގެން ސަރވިސް ބިލްޑިންގ ގެ މީޓިންގ ރޫމް-2 ގައިކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

އެމްޕީއެލް އިން ވިދާޅުވެފައިވަނީ މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ އެކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ( 27 ޖޫން 2018 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ