ފުރާންސުގެ ވެރިރަށް ޕެރިހުގައި ދުވާލު ވަގުތުތަކުގައި ކަސްރަތުކުރުމަށް ބޭރަށް ނިކުތުން މަނާކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ފުރާންސު ސަރުކާރުން ބުނެފައިވަނީ، ފުރާންސުގައި ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމުގެ ގޮތުން ދުވާލު 10:00 އިން 19:00 އާއި ދެމެދު ބޭރަށް ނިކުމެ ކަސްރަތު ކުރުން މާދަމާއިން ފެށިގެން މަނާވާނެ ކަމަށެވެ.
ޕެރިހުގެ މޭޔަރު ވިދާޅުވެފައިވަނީ މި ނިންމުމާއެކު އެންމެ ހަމަހިމޭން ވަގުތުތަކުގައި ކަސްރަތު ކުރުމަށް ބޭރަށް ނިކުމެ އުޅުން މަނާވެގެން ދިއައީ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއިން އެންމެ ގިނަ މީހުން މަރުވި ގައުމުތަކުގެ ލިސްޓުގައި ފުރާންސް ހިމެނެއެވެ. މިގޮތުން ފުރާންސުން މިހާތަނަށްވަނީ ކޮވިޑް-19 ޖެހިގެން 10,328 މީހުން މަރުވެފައެވެ. އަދި ފުރާންސުންވަނީ ކޮވިޑް-19 އަށް 109,069 މީހުން ޕޮޒިޓިވުވެފައެވެ.
ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ވިލާތުގެ ގައުމުތަކުގަޔާއި އަދި އެމެރިކާގައެވެ.



