މެލޭޝިއާއިން ދިވެއްސަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
މެލޭސިއާގެ ރިޕޯރޓްތައް ބުނާގޮތުން ކޮވިޑް-19 މިއަދު ޕޮޒިޓިވްވިކަމަށް އާއްމު ކުރި 26 ގައުމެއްގެ މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނެއެވެ.
މިކަމާއި ގުޅިގެން މެލޭޝިއާގައި ހުންނަ ރާއްޖޭ އެމްބަސީއިން ވިދާޅުވީ، މެލޭސިއާގައި މެލޭސިއާ ރައްޔިތުން ނޫން އެހެން ޤައުމުތަކުގެ ރައްޔިތުންގެ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 416 މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭކަމަށް އެޤައުމުގެ ހެލްތު މިނިސްޓްރީއިން އިޢުލާންކުރުމާއި ގުޅިގެން އެކަން ޔަޤީން ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
Malaysia gai Malaysia rayyithun noon ehen gaumuthakuge rayyithun ge therein Covid19 ah positive vefaivaa 416 case ge thereygai dhivessaku himeneykamah miadhu Malaysia ge MOH in iulan koffai vaathee HC ge faraathun ekan yageen kurumah masakkaiy kuramundhaa vaahaka dhannavan.
— Maldives High Commission, Malaysia (@MDVinMalaysia) April 9, 2020
މިކަމާއި ގުޅިގެން ދިވެހި ސަރުކާރުގެ ބަހެއް އަދި ނުލިބެއެވެ.
ރާއްޖެއިން މިހާތަނަށް 19 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 13 މީހަކު މިހާރުވަނީ ރަނގަޅުވެފައެވެ. އަދި މިހާރު ރާއްޖޭގައި ފަރުވާ ދެމުން އަންނަނީ އިނގިރޭސިވިލާތުން އައި 4 ދިވެއްސަކަށެވެ. ބާކީ ތިބި ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.ރާއްޖެއިން ބޭރުގައި ހަތަރު ދިވެއްސަކު މިހާރުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިހާތަނަށް 30 އަށް ވުރެ ގިނަ ނިންމުންތައް ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.



