ލަންކާގެ ސަލާމަތީ ކަންކަމުގައި ސިފައިން ޙަރަކާތްތެރިވަނީ - ފޮޓޯ: ވޮކްސް

ލަންކާއިން ހައްޔަރުކުރި ހަތަރު ދިވެހިން މިނިވަންކޮށްފި

ރައިފަލްއަކާއެކު އަވަށްޓެރި ސްރީލަންކާއިން ހައްޔަރުކުރި ހަތަރު ދިވެހީން ދޫކޮށްލައިފިއެވެ.

ލަންކާއިން ހައްޔަރުކުރި ދިވެހިންގެ ތެރެއިން ހަތަރު މީހުން ދޫކޮށްލާފައިވާކަން ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ކަށަވަރުކޮށްދީފައެވެ.

ލަންކާއަށް ދިން ނުރުބަވެރި ހަމަލާތަކާ ގުޅިގެން ހަތަރު ދަރިވަރުން ހައްޔަރުކޮށްފައި ވަނީ، ވެރިކަން ކުރާ ކޮލަމްބޯ އާއި ދުރުނޫން ހިސާބެއްގައި އޮންނަ ނިގަމްބޯ އިންނެވެ.

އެއާކްރާފްޓް އިންޖިނިއަރިންގ ކިޔަވަމުންދާ ހަތަރު ދަރިވަރުން ހައްޔަރުކުރީ ލަންކާގެ ސަލާމަތީ ބާރުތަކުން ހިންގި ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއްގެ ތެރެއިން ވެރިކަން ކުރާ ކޮލަމްބޯ އާއި ދުރުނޫން ހިސާބެއްގައި އޮންނަ ނިގަމްބޯ އިންނެވެ.

އެނގިފައިވާގޮތުން ދިވެހި ހަތަރު ދަރިވަރުން ހައްޔަރުކުރީ ޝިކާރަކުރުމަށް ބޭނުންކުރާ ރައިފަލެއް ފެނިގެންނެވެ. އެ ރައިފަލް ވިއްކިތަނުން އެ ގެންގުޅުމުގެ ހުއްދަ އޮތްކަމަށް ދައްކައިދޭ ފޭކު ލިޔުމެއް ދަރިވަރުންނަށް ދީފައިވާކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާތަކާ ގުޅިގެން އާންމުންގެ ތެރޭގައި އުޅޭއިރު މޫނު ނިވާކޮށްގެން އުޅުން މަނާކޮށްފައިވާއިރު، މުޅި ޤައުމު ބަލާ ފާސްކުރުމުގެ ބިޔަ އޮޕަރޭޝަނެއްވެސް ސަލާމަތީ ބާރުތަކުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ