އިންޑިއާގެ ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް ބާއްވާ ހާއްސަ ފްލައިޓް މިއަދު 205 ދިވެހިން ރާއްޖެ ގެނެސްފިއެވެ.
މިއަދުގެ މެންދުރުގެ ވަގުތެއްގައި މޯލްޑިވިއަނުން އެކަން ހާމަކޮށްފައިވާއިރު، މޯލްޑިވިއަނުން ވިދާޅުވީ، ޓްރިވެންޑްރަމްގައި ތިބި ދިވެހިން ރާއްޖެ ގެނައީ ދެ ފްލައިޓެއްގައިކަމަށެވެ. އެގޮތުން ފުރަތަމަ ފްލައިޓުގައި 50 މީހުން ގެނައި އިރު، ބާކީ ތިބި މީހުން ގެނައީ އެހެން ފްލައިޓެއްގައި ކަމަށް ވެސް މޯލްޑިވިއަނުން ވިދާޅުވިއެވެ.
Repatriation flight from Trivandrum has arrived at @VelanaAirport a short while ago with 50 passengers. Our next flight is on route. pic.twitter.com/TdQC4SrF18
— Maldivian (@MaldivianAero) April 11, 2020
މިފްލައިޓުގައި ރާއްޖެ އަންނާނީ މިދިޔަ މަހުގެ 21 ގައި މޯލްޑިއަންގެ ފްލައިޓް ކެންސަލުވުމުން އިންޑިއާގައި ތާށިވެފައިވާ ދިވެހިންނާއި އާސަންދައިގެ ދަށުން ބޭސް ފަރުވާއަށް ގޮސް ތިބި ދިވެހިން ކަމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަކުވުމުގައި މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމްވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އިންޑިއާގެ ކޮޗިންގައި ތިބި 200 ދިވެހިންވެސް ރާއްޖެ ގެނެސްފައިވާއިރު، މެލޭޝިއާގައި ތިބި 200 ދިވެއްސަކާއި ލަންކާގައި ނާދެވިފައި ތިބި 100 ދިވެއްސަކުވެސް މޯލްޑިވިއަނުން ރާއްޖެ ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ޓްރިވެންޑްރަމްގައި ތިބި ދިވެހިން ގެ ތެރެއިން މިއަދު 205 މީހުން މާލެ ގެނެވިއްޖެ. ޓްރިވެންޑްރަމުން އައި ދެވަނަ ފްލައިޓް މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައި. pic.twitter.com/GUunANE4vJ
— Maldivian (@MaldivianAero) April 11, 2020
މިހުރިހާ އެންމެން ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާއި އެއްގޮތަށް 14 ދުވަހުގެ ކަރަންޓީނަކަށް ގެންދާނެއެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި ބެއިތިއްބުމަށް ފަހު ކޮވިޑް-19 އިގެ އެއްވެސް އަލާމާތެއް ފެނި ޕޮޒިޓިވްވެފައި ނުވާ ނަމަ އެމީހަކު ގެއަށް ދޫކޮށްލާނެއެވެ.




