އެންދަމަން ފީނި މީހަކު ހާލު ސީރިއަސްވެ ގދ. ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮއްސި އެވެ.
ގދ. ތިނަދޫއާ 24 ނޯޓިކަލް މޭލު ބޭރުން އެންދަމަން ފީނި މީހަކު ހާލު ބޮޑުވެގެން ގދ. ތިނަދޫއަށް ގެންގޮއްސައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ. މިއީ އުމުރުން 42 އަހަރުގެ ދިވެއްސެއް ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިކަމާއި ބެހޭ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުނީ ރޭ 22:13 އެހާއިރު ކަމަށެވެ. އެމްއެންޑީއެފް އިން ބުނީ މައުލޫމާތު ލިބުމާއެކު މެޑިކަލް ސްކޮޑަކާއެކު ތިނަދޫ، ސީއެމްބިއުލާންސް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައި ކަމަށެވެ.
"ކަޅިރަވަ" ނަމަކަށް ކިޔާ މަސް ދޯންޏަކުން އެންދަމަަން ފީނި މި މީހާ ވަނީ 43 މީޓަރު އަޑިއަށް 10 މިނެޓް ވަންދެން ފުޅިއަޅައިގެން ފީނާފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ. އަދި މިމީހާގެ ހާލު ބޮޑުވެފައި ވަނީ ފީނުމަށްފަހުން މައްޗަށް އެރިފަހުން ނޭވާލާން އުނދަގޫ ވެގެން ކަމަށް މައުލޫމާތު ލިބިއެވެ.
މި މީހާ ތިނަދޫ ހޮސްޕިޓަލަށް ގެންގޮއްސައި ވަނީ ރޭ 11:27 އެހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.



