ފެނަށް ޖެހިގެން 48 ރަށަކުން އެހީތެރިކަމަށް އެދިއްޖެއެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ވިދާޅުވީ، ފެން ހުސްވެގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 15 އަތޮޅެއްގެ 48 ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެހީތެރިކަމަށް އެދިގެން ރިޕޯޓުކުރި އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހއ، ހދ. ށ، ނ، ރ، ބ، ޅ، އއ، އދ، ވ، މ، ދ، ތ، ލ އަދި ގދ. އެވެ.
Emergency Water Provision Preparedness#Fenfahi #SafeWater #Maldives #Fen #Councils #WATSAN@lgaMaldives @NDMAmv@TeamFenaka @HomeMinistrymv@presidencymv pic.twitter.com/Df4Fplgisz
— Ministry of Environment (@MoEnvmv) April 9, 2020
އެންވަޔަރްމެންޓުން ވިދާޅުވީ، ފެނުގެ އެހީތެރިކަމަށް އެދުނު ރަށްތަކުގެ ތެރެއިން 30 ރަށަކަށް ފެން ފޯރުކޮށްދީފައިވާ ކަމަށާއި، އެގޮތުން މިހާތަނަށް 1529 ޓަނުގެ ފެން ފޯރުކޮށްދީފައިވާ ކަމަށެވެ.
ފެނަށް ޖެހޭ ރަށްރަށަށް، މިނިސްޓްރީން ފެން ފޯރުކޮށްދެމުން އަންނަނީ ފެނަކަ މެދުވެރިކޮށެވެ.
ކޮންމެ އަހަރެއްގެވެސް ހޫނު ގަދަ ދުވަސްވަރު ރަށްރަށުން ފެން ހުސްވުމުގެ މައްސަލަ އަބަދު ވެސް ދިމާވެއެވެ. ބައެއް އަހަރުތަކުގައި 80 އަށް ވުރެ ގިނަ ރަށްރަށް ފެނަށް ޖެހެއެވެ.