ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ރަމްޒު އަދި ދިވެހި ޤައުމިއްޔަތުގެ ހިތްކަމަށާއި އެއީ އަޅުގަނޑުމެން ހުރިހާ ދިވެހިން ގުޅުވާލަދޭ ފާލަންކަމަށެވެ.
މިއަހަރުގެ ދިވެހިބަހުގެ ދުވަސް ދިމާވެފައިވާ ދުވަސްވަރުގެ ގޮތުން ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ޢާއްމުނާއި ސްކޫލްކުދިން އެއްވެ ބާއްވާފަދަ އެއްވެސް ޙަރަކާތެއް ނުވަތަ އެފަދަ އެހެން ޙަރަކާތެއްވެސް ސަރުކާރުން އިންތިޒާމެއް ކޮށްފައެއްނުވެއެވެ.
ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހިންނަށް އަރިސްކުރަން. ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ރަމްޒު އަދި ދިވެހި ޤައުމިއްޔަތުގެ ހިތް. އެއީ އަޅުގަނޑުމެން ހުރިހާ ދިވެހިން ގުޅުވާލަދޭ ފާލަން.
— Ibrahim Mohamed Solih (@ibusolih) April 14, 2020
ދިވެހި ބަހުގެ ދުވަހަކީ 2015ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ރަސްމީކޮށް މިދުވަސް ފާހަގަކުރަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަން ޢިއުލާންކުރެއްވީ 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުއެވެ.
މިދުވަސް ނިސްބަތްވަނީ ރާއްޖޭގެ މަޝްހޫރު އަދީބު ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީނަށެވެ. މިދުވަސް ފާހަގަކުރަނީ އެމަނިކުފާނު އުފަންވެވަޑައިގެންނެވި ދުވަސްކަމުގައިވާ އެޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ.




