މިއީ ހާސްވެ ކަންބޮޑުވާންވީ ވަގުތެއް ނޫން: މިނިސްޓަރ ހުސަައިން ރަޝީދު

މިއީ ހާސްވެ ކަންބޮޑުވާންވީ ވަގުތެއް ނޫން ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ޑރ. ހުސައިން ރަޝީދު ވިދާޅުވީ ކޮވިޑް-19 ޖެހިފަވާ ފުރަތަމަ މީހާ މާލެ ތެރެއިން ފެނުނު ހަބަރަކީ ހިތާމަވެރި ހަބަރެއް ކަމަށެވެ.

މިނިސްޓަރ ހުސައިން ރަޝީދު ވިދާޅުވީ މިއީ، ހާސްވެ ކަންބޮޑުވާންވީ ވަގުތެއްނޫން ކަމަށާއި ކެތްތެރިވެ، އެހީތެރިވެ ފަރުދީ ޒިންމާ އަދާކުރަންވީ ވަގުތު ކަމަށެވެ. އަޅަންޖެހޭ ފިޔަވަޅުތައް ރައީސް އާއި ކަމާބެހޭ ފަރާތްތަކުން އަޅުއްވާނެކަމަށް މިނިސްޓަރ ހުސައިން ރަޝީދު ވިދާޅުވިއެވެ.

މާލެ ތެރެއިން ކޮވިޑް-19 އަށް މިއަދު ދިވެއްސަކު ފައްސިވެފައިވާކަން އެޗްޕީއޭ އިން ވަނީ އިޢުލާން ކޮށްފައެވެ. ފައްސިވެފައިވަނީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް އަންހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން ސަރުކާރުން އަޅާނެ ފިޔަވަޅުތައް މިއަދު 12:30 ގައި ސަރުކާރުން ބާއްވާ ޕްރެސްގައި ހާމަ ކުރައްވާނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ