ހަނގުރާމައިގެ ތެރޭގައި އޮތް ސީރިއާގައި ހާލުގައި ޖެހިފައިތިބި ދިވެހި ކުޑަކުދިންގެ މަޢުލޫމާތުތައް މީސްމީޑިއާގައި ލީކް ކޮށްލައިފިއެވެ.
މި މަޢުލޫމާތުތައް މީސްމިޑިއާގައި ހިއްސާކޮަށްފައިވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގެންގުޅުއްވާ ފޭކް އެކައުންޓެއް ކަމަށް އަޑުފެތުރިފައިވާ ޓްވިޓްރ އެކައުންޓް "އަލެކްސް އަޙްމަދު" އިންނެވެ.
އެ ޓްވިޓަރ އެކައުންޓުން އާއްމުކޮށްފައިވާ ލިސްޓުގައި މަޢުލޫމާތު އާއްމުކޮށްފައިވާ 33 ކުދިންނަކީ، ސީރިއާގެ އަލް-ހައުލްގައި ތިބި ދިވެހި ކުދިންގެ މަޢުލޫމާތުކަމަށް އެ ލިސްޓުގައި ބުނެފައިވެއެވެ. އާއްމުކޮށްފައިވާ މަޢުލޫމާތުގެ ތެރޭގައި ނަމާއި، އެޑްރެސް އަދި އެހެނިހެން ބައެއް މަޢުލޫމާތު ހިމެނެއެވެ.
އެ ލިސްޓް އާއްމުކުރަމުން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އާއްމުކުރި ލިސްޓްގައި ވަނީ ސީރިއާގައި ތިބި ބައެއް ދިވެހިން ކަމަށް ބެލެވޭ ކުދިން ކަމަށާއި، ސީރިއާގައި ވިހެއި ކުދިންގެ ބަފާ ސާފުނުވާ ކަމަށެވެ.
Syria gai thibi baeh Dhivehin kamah belevey meehun. Syria gai vihey kudhin ge Baafa saafeh nuvaane. pic.twitter.com/OVsLkPWvkS
— Alex Ahmed (@anedhivehirajje) April 29, 2019
ސީރިއާގައި ތިބިކަމަށް ބެލެވޭ ކުޑަކުދިންގެ މަޢުލޫމާތު އާއްމުކުރި އެކައުންޓުން ކޮށްފައިވާ އެހެން ޓްވީޓެއްގައި ބުނެފައިވަނީ އިސްލާމިކް ސްޓޭޓްސް (ޢައިއެސް) އާ ގުޅުމަށް 350 އަށްވުރެ ގިނަ ދިވެހިން ދިޔަ ކަމަށާއި، އޭގެ ތެރެއިން 150 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.