މާލެ އަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ތޮއްޖެހުން ބޮޑު ސިޓީ: މުއިއްޒު

މާލެ އަކީ ދުނިޔޭގެ ނިސްބަތުން އެންމެ ތޮއްޖެހުން ބޮޑު ސިޓީ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލެ އަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ތޮއްޖެހުން ބޮޑު ސިޓީ ކަމަށާއި ސޯޝިއަލް ޑިސްޓާންސިންގ ޕްރެކްޓިސް ކުރަން އެންމެ އުނދަގޫވާނެ އެއް ސިޓީ ކަމަށެވެ.

ކުރިޔަށް އޮތީ ވިއްސާރަ މޫސުން ކަމަށާއި ކޮވިޑް-19 އާއި ޑެންގީ އާއި އެހެނިހެން ބަލި ތަކުން މިގައުމު ސަލާމަތް ކުރެއްވުން އެދޭ ކަމަށް މުއިއްޒުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މާލެ ސިޓީ އިން މިއަދު ކޮވިޑް-19 އަށް މީހަކު ފައްސި ވެފައިވާއިރު ތޮއްޖެހިގެން ނޫޅުމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. އެގޮތުން އެޗްޕީއޭ އިން ވަނީ ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ