ކ. ކާށިދޫ - ފޮޓޯ: ވަގުތު

ކާށިދޫ މޮނިޓަރިންގެ ހާލަތަށް ގެނެއްސި

ކ. ކާށިދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ "ޑައިރެކްޓް ކޮންޓެކްޓް" އެއް ދާދިފަހުން ކ. ކާށިދޫއަށް ދަތުރުކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށް ވަނީ "މޮނިޓަރިންގ" ހާލަތަކަށް ގެނެވިފައި ކަމަށެވެ.

މި ދަނޑިވަޅުގައި އެ ރަށުން އަރައިފޭބުމަކީ މަނާކަމެއްކަމުގައިވެސް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އާންމުން ދިރިއުޅޭ ރަށަކުން ކޮވިޑް-19 އަށް މީހަކު މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން މިއަދު މި ކޭސް ފެނިފައިވަނީ ރާއްޖޭގެ ވެރިރަށް މާލެއިންނެވެ. މިއީ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި 6 ވަނަ ދިވެހި މީހާއެވެ.

މާލެ އިން ކޮވިޑް-19 ގެ ކޭސް އެއް ފެނުމާއި ގުޅިގެން ސަރުކާރުން މިހާރު ވަނީ 24 ގަޑި އިރަށް މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ