މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް

އުތުރުގެ މޫސުން އަދިވެސް ގޯސް، 40 މޭލަށް ވައިޖެހޭނެ

ރާއްޖޭގެ އުތުރަށް ރޭ ފަތިހުން ފެށިގެން ނެރުނު ވައިޓް އެލާޓް އިތުރަށް ދިގުދަންމާލައިފިއެވެ.

ރޭ ފަތިހު ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ، ހއ އަތޮޅާއި ރ އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ވިއްސާރަވާނެ ކަމަށެވެ. އަދި ހެނދުނު 08:45 އިން މެންދުރުފަހު 14:00 އަށް މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ބުނެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓްގެ ވައިޓް އެލާޓްގައި އިތުރަށް ވިދާޅުވެފައިވަނީ، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު މެންދުރުފަހު އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

ހުޅަނގުދެކުނާއި ހުނޅަގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ކެރި ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަ ވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ