ލަންކާގެ ސަލާމަތީ ކަންކަމުގައި ސިފައިން ޙަރަކާތްތެރިވަނީ - ފޮޓޯ: ވޮކްސް

ލަންކާއިން ހައްޔަރުކުރި ދިވެހިންގެ ބަންދަށް އެއްދުވަސް

އަވަށްޓެރި ސްރީލަންކާއިން ހައްޔާރުކުރި ތިން ދިވެހިންގެ ބަންދަށް އެއް ދުވަސް ލަންކާގެ ކޯޓުން ޖަހައިފިއެވެ.

ލަންކާގެ ޗެކް ޕޮއިންޓަކުން ހައްޔަރުކުރި ތިން ދުވެހިންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން އަމުރުކޮށްފައިވަނީ، އެ ތިން މީހުންގެ މައްސަލަ ތަޙްޤީޤު ކުރުމަށް އެއް ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓާށެވެ.

ލަންކާ ފުލުހުން މީގެ ކުރިން ބުނެފައިވަނީ، އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ "ތުހުމަތެއް" ކުރެވިގެން ކަމަށެވެ. ނަމަވެސް އެ ތުހުމަތާ ގުޅޭ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އަވަށްޓެރި ސްރީލަންކާގައި ހިންގި ބޮން ގޮއްވުމުގެ ހިތާމަވެރި ހާދިސާއަށްފަހު އެޤައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން މުޅި ލަންކާ ބަލާ ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

އެޤައުމުގެ ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަންތަކުގައި މިހާތަނަށް ހައްޔަރުކުރި ދިވެހިންގެ އަދަދު 9 އަށް އަރައެއްވެ. އޭގެ ތެރެއިން ހަތަރު ދިވެހިން ދޫކޮށްލާފައިވާއިރު، މިވަގުތު ބަންދުގައި ތިބީ ފަސް ދިވެހިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ