ޑެލިވަރީގެ މަސައްކަތަށް 300 އަށްވުރެ ގިނަ މީހުން ޝައުޤުވެރިވެއްޖެ

ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުން ކޮށްފައިވާތީ ރައްޔިތުންނަށް ބޭނުންވާ ތަކެތި އެފަރާތްތަކަށް ޑެލިވަރީ ކޮށްދިނުމަށް ވޮލޮންޓިއަރ ކޮށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ޔޫތް މިނިސްޓްރީގެ ހުޅުވާލި ފުރުޞަތުގައި 300 އަށް ގިނަ މީހުން ޝައުޤުވެރިވެރިކަން ފާޅު ކުރައްވައިފިއެވެ.

ޔޫތް މިނިސްޓްރީން އިއްޔެ ވަނީ މާލެ ސަރަހައްދުގެ ގެތަކަށް ފިހާރަތަކުން ޑެލިވަރީ ކުރުމުގައި ދިމާވާ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން އެފަރާތާއި އެކު މަސައްކަތް ކުރާނެ ވޮލިންޓިއަރުން ހޯދުމަށް ހުޅުވާލައިފައެވެ. އެގޮތުން މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7335426 އަށް އެސްއެމްއެސް މެދުވެރިކޮށް އެންގުމަށް ވަނީ ދަންނަވާފައެވެ.

ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފު މިއަދު ވިދާޅުވީ، ޔޫތް މިނިސްޓްރީގެ އެދިލެއްވުމަށް 300 އަށް ވުރެ ގިނަ ވޮލެޓިއަރުން މިހާރުވެސް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާކަމަށެވެ. އަދި ރެކޯޑް ސާފު ކުރުމަށްފަހު ކުރިޔަށްދާންވީ ގޮތުގެ މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް 7770779 ނަންބަރުން އެފަރާތްތަކާއި ގުޅާނެ ކަމުގައިވެސް މަޙްލޫފު ވަނީ ވިދާޅުވެފައެވެ.

މަޙްލޫފް ވިދާޅުވެފައިވަނީ ޑެލިވަރ ކުރުމުގައި އެފަރާތްތަކުން މަސައްކަތް ކުރަމުންދާނީ ކަމާގުޅޭ އިދާރާތަކުގެ ލަފާގެ މަތިން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

މާލެ ސަރަހައްދުގައި ޑެލިވަރީ ޚިދުމަތަށް މިހާރު ސިފައިންވެސް ވަނީ ނިކުމެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ