މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ޅ. އަތޮޅަށެވެ. އަދި ވ. އަތޮޅުން ލ. އަތޮޅަށެވެ.
މިރޭ 07:30 އިން 10:30 އަށް ނެރެފައިވާ މިޔެލޯ އެލާޓްގައި މިސަރަޙައްދުތަކަށް އެލާޓް ނެރެފައިވާ ގަޑިތަކުގައި ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުންވެސް އެކަށީގެން ވާކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
Alert Yellow for torrential rain with thunderstorms pic.twitter.com/WVWUIQNKSZ
— Maldives Meteorology (@MetMaldives) April 21, 2020
ކުރިޔަށް އޮތް 24 ގަޑި އިރަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާކަމަށެވެ. މީގެ އިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
“އިރާއި އިރުދެކުނުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވޭ.” މެތް އޮފީހުން ވިދާޅުވެފައިވެއެވެ.
މެޓް އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.




