ހދ. ވައިކަރަދޫ | ފޮޓޯ: ފޭސްބުކް

ހިރިމަރަދޫ އާއި ވައިކަރަދޫ ކަރަންޓީނުކޮށްފައި ބާއްވަން ކައުންސިލުން ނިންމައިފި

ހދ. ހިދިމަރަދޫ އާއި ހދ. ވައިކަރަދޫ ކަރަންޓީނުކޮށްފައި ބާއްވަން އެ ދެރަށުގެ ކައުންސިލުން ނިންމައިފި އެވެ.

ހިރިމަރަދޫ ކައުންސިލުން މިއަދު ނެރުނު ޤަރާރުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއް އެރަށުގައި ހުރުމުން އެޗްޕީއޭ އިން 2020 އެޕްރީލް 20 ވަނަ ދުވަހު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނަސް 2020 އެޕްރީލް 21 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތުން ނެގުމަށް ނިންމާފައިވީ ނަމަވެސް ވައިރަހުގެ ނުރައްކާތެރިކަން ރަށުން އެރަށުން ފިލައިގެން ނުދާތީ މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެރަށް މޮނިޓަރިންގެ ހާލަތުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންނަމަވެސް ހާލަތަށް ބަދަލު އައިސްގެން ކައުންސިލާއި ކޮވިޑް-19 ޓާސްކް ފޯސް އަށް މޮނިޓަރިންގެ ހާލަތުން ނަގަން ފެނިއްޖެނަމަ އެކަން ކުރައްވާނެކަމަށް ވެސް ކައުންސިލްގެ ޤަރާރުގައި ބުނެފައިވެއެވެ.

ވައިކަރަދޫ ކައުންސިލުންވެސް ވަނީ އިއްޔެ އެރަށް މޮނިޓަރިންގައި ބޭއްވުމަށް ނިންމާފައިވާކަން އިޢުލާން ކޮށްފައެވެ.

ވައިކަރަދޫ ކައުންސިލުންވެސް ވަނީ އިއްޔެ އެރަށް މޮނިޓަރިންގައި ބޭއްވުމަށް ނިންމާފައިވާކަން އިޢުލާން ކޮށްފައެވެ. ވައިކަރަދޫ ކައުންސިލުން ބުނެފައިވަނީ 16 އޭޕްރީލް 2020 ގައި ވައިކަރަދޫއަށް ދަތުރުކުރި ކާވިޔާ ބޯޓުން ދަތުރުކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީއާއި، އޭނާއާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވުމުގެ އިތުރުން އެ ދަތުރުގައި ވައިކަރަދޫގެ 23 މީހުން ދަތުރުކޮށްފައިވާތީއާއި އެޗްޕީއޭ ގެ އެންގުމުގެ މަތިން އެ 23 މީހުން ހޯމް އައިސޮލޭޝަނަށް ލެވިފައި ވީނަމަވެސް އަދި މިހާތަނަށް އެއިން އެއްވެސް މީހެއްގެ ސާމްޕަލް ނަގާ ޓެސްޓްކޮށްފައި ނުވާތީއާއި، އެމީހުން ރަށަށް އައިފަހުން އަދި 14 ދުވަސް ހަމަވެފައިނުވާތީ، ކަރަންޓީނުކުރުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން ވައިކަރަދޫ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ވައިކަރަދޫއަށް ދަތުރުކޮށްފައިވާ އުޅަނދެއްގައި ހުރި މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާގުޅިގެން، ޞިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭ ވައިކަރަދޫ ކަރަންޓީނު ޙާލަތުގައި ބޭއްވުމަށްފަހު ޢާންމު ޙާލަތަށް ބަދަލުކޯށްފައިވާކަން އިއްޔެ އެޗްޕީއޭ އިން ވަނީ އިޢުލާން ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ