ބީއެލްއެލް އިން އަލަށް ހުޅުވި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް - ފޮޓޯ: ބީއެމްއެލް

އޭޓީއެމްތައް މެދުވެރިކޮށް ނަގުދުފައިސާ ޖަމާކުރެވޭ މިންވަރު އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތައް މެދުވެރިކޮށް ނަގުދުފައިސާ ޖަމާކުރެވޭ މިންވަރު އިތުރުކޮށްފިއެވެ.

މާލެ ސިޓީ ފުރަބަންދަކަށް ގޮސްފައިވުމުން ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާޖަމާޖުކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ބީއެމްއިލްއިން މިގޮތަށް ނިންމާފައިވާއިރު، ފަރުދުންގެ އެކައުންޓަކަށް ދުވާލަކު ޖަމާކުރެވޭނެ އެންމެ މަތީ އަދަދު 50،000 ރުފިޔާއިން 100،000 އަށްވަނީ އިތުރުކޮށްފައެވެ. އަދި ވިޔަފާރި އެކައުންޓަކަށް ކުރިން ދުވާލަކު އެންމެ ގިނަވެގެން 200،000 ރުފިޔާ ޖަމާކުރެވުނުނަމަވެސް މިހާރު އެދަދަތުވަނީ 500،000 އަށް އިތުރުކޮށްފައެވެ.

މީގެއިތުރުން ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތްވެސް ބީއެމްއެލުންވަނީ ހަމަޖައްސާފައެވެ. އަދި ރާއްޖެއިން ބޭރުގައި އޭޓީއެމްތަކުން ފައިސާ ނަގާއިރު ބޭންކުން ނަގާފީ ނުވަތަ ކާޑު ނެޓްވޯކްތަކަށް ދައްކާ ފީ ވަނީ 15 ރުފިޔާއަށް ކުޑަކޮށްފައެވެ.

ބޭރުގައި ތިބި ދިވެހިންނަށް ދުވާލަކު އޭޓީއެމުން ނެގޭ ފައިސާގެ އަދަދު 1000 ޑޮލަރާ ހަމަޔަށްވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން ބީއެމްއެލްއިން ވިދާޅުވީ ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 600 ޑޮލަރުގެ ވިޔަފާރިކުރެވޭނެކަމަށެވެ.

ބީއެމްއެލްގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުރަބަންދުގެ މުއްދަތުގައި ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ވަނީ ބަންދުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ