ގުގުރުމާއެކު ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަަރަޙައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ދާދިދެންމެ ނެރެނު ވައިޓް އެލާޓްގައި ބުނީ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ކުރިއަށް ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.
މެޓްއޮފީހުގެ މިއެލާޓް ނެރެފައިވަނީ މިއަދުގެ މެންދުރު ފަހު 01:00 އިން މިއަދުގެ ހަވީރު 06:00 އަށެވެ.
Alert White for heavy rain with thunderstorms pic.twitter.com/E3xZDeledL
— Maldives Meteorology (@MetMaldives) April 24, 2020
މީގެއިތުރުން މިއަދުގެ މޫސުން ލަފާކޮށް މެޓްއޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީވެސް އެކަށީގެން ވާ ކަމެއްކަމަށެވެ.
އަދި ވައިޖެހޭނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުންކަމަށާއި އެހެން ހިސާބުތަކަށް އިރުދެކުނާއި ދެކުނުންކަމަށެވެ. ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓްއޮފީހުން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށް ލަފާކުރެވޭއިރު، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީވެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށްވެސް މެޓްއޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.




