ރާއްޖޭގެ އިޤްތިޞާދު މިވަނީ ވެންޓިލޭޓަރަށް ލާންޖެހިފައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ހިމެނޭ މައުލޫމާތު ހިއްސާކޮށްފައެވެ.
މިނިސްތަރ އަމީރު ވިދާޅުވީ ދައުލަތުން ފިޔަވަޅު ނާޅައިފި ނަމަ އިގްތިސާދީ ރިސެޝަން ވަރަށް ބޮޑުވާނެ ކަމަށާއި މުހިންމު ދަނޑިވަޅުގައި މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، 2020 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ އަންދާޒާ 5 ސިނާރިއޯއަކަށް ބަހާލައިގެން ސަރުކާރުން ލަފާކޮށްފައިވާއިރު،
އިޤްތިޞާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ވަނީ 5 ސިނޭރިއޯ އަކަށް ބަލައިގެން ތައްޔާރުކޮށްފައެވެ. މިތަނުން ރާއްޖޭއިން ލަފާކުރަމުން މިވަގުތަށް ބަލައި އެންމެ ގާތީ 3 ވަނަ ސިނޭރިއޯ އަށް ކަމަށް އެރިޕޯޓުގައި ބުނެފައި ވެއެވެ.



