ތ އަތޮޅު ހޮސްޕިޓަލް | ފޮޓޯ : ތ އަތޮޅު ހޮސްޕިޓަލް ފޭސްބުކް ޕޭޖް

ތ އަތޮޅު ހޮސްޕިޓަލަށާއި ތިމަރަފުށި ސިއްޙީ މަރުކަޒަށް ރިޔާޟް ފައުންޑޭޝަނުން މާސްކު ހަދިޔާ ކޮށްފި

ތ އަތޮޅު ހޮސްޕިޓަލަށާއި ތިމަރަފުށި ސިއްޙީ މަރުކަޒަށް ރިޔާޟް ފައުންޑޭޝަނުން ސަރޖިކަލް މާސްކު ހަދިޔާ ކޮށްފި އެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ ރިޔާޟް ފައުންޑޭޝަންގެ ފަރާތުން ތ. ވޭމަންޑޫގައި ހުންނަ ތ އަތޮޅު ހޮސްޕިޓަލަށް 500 ސަރޖިކަލް މާސްކު ހަދިޔާ ކޮށްފައިވާއިރު ތިމަރަފުށީ ސިއްޙި މަރުކަޒަށްވެސް ވަނީ 500 ސަރޖިކަލް މާސްކު ހަދިޔާ ކޮށްފައެވެ.

އަބްދުﷲ ރިޔާޒު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ މިތަކެތި ހަދިޔާ ކޮށްފައިވާކަމަށާއި އަތޮޅު ތެރެޔަށް ރޯގާ ފެތުރުނަ ނުދިނުމަށް މަސައްކަތްކުރަށްވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކޮވިޑް-19 ގެ މި އުނދަގޫ ވަގުތުގައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ޚާއްސަކޮށް ކޮވިޑް-19 އާއި ދެކޮޅަށް ފްރޮންޓް ލައިންގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް މިފަދަ އެހީތައް ގިނަ ބަޔަކު އަންނަނީ ފޯރުކޮށްދެމުންނެވެ.

ފަސޭހައިން ގައިންގަޔަށް އަރާ ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުން މިހާރު މުހިއްމުކަމަށް ރާއްޖޭގެ ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން ވަނީ ބުނެފައެވެ. އެކަމަށް އެންމެ ރަނގަޅު ސާޖިކަލް މާސްކް ލިބުން ދަތިވެފައިވާތީ، ފޮތި މާސްކު ވެސް ބޭނުން ކުރެވޭނެ ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ