ކޮވިޑް-19 އާއި ގުޅިގެން ފުލުހުން މާލޭ މަގުމަތީ ހަރަކާތްތެރި ވަނީ | ފޮޓޯ: މިހާރު

ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބިދޭސީން ފިލަމުންދާކަމަށް ތުހުމަތު ކޮށްފި

ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބިދޭސީން ފިލަމުންދާކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ތުހުމަތު ކުރައްވައިފިއެވެ.

ރީކޯ މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ ބައެއް ބިދޭސީން ފިލަނީ ގަސްތުގަކަން ސަރުކާރަށް ވަރައްރީއްޗަށް މިހާރު ޔަޤީންވާނެ ކަމަށެވެ.

"ކޮރޯނާ އަށް މީ ހަކު ޕޮޒިޓިވް ވެގެން. އެމީ ހާ އެކަހެރި ކޮށްފަ ދެންތިބިމީ ހުންބަލާދާއިރު އެންމެން މާލެތެރެއަށް އެދަނީ ފިލަމުން ބަލިފަތުރަމުން ހެޔޮވާނީ ކިހިނެއް އެމީހުންގެ އިންސާނިއްޔަތުކަމެއްކޮބާ" ރީކޯ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މާލޭގައި ކޮވިޑް-19 ދަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުންނެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ މި ބައްޔަށް ޕޮޒިޓިވް ވަމުންނެވެ.

ރާއްޖޭގައި މިހާތަނަށް 129 މީހަކު މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 58 ދިވެހިންނާއި 71 ބިދޭސީން ހިމެނެއެވެ. ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝްގެ 48 މީހަކު ހިމެނެއެވެ. އަދި މާލެ އިން މިހާތަނަށް 108 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އަދި އެ ފިޔަވަޅުތަކާއި ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަންވެސް ވަނީ އަންގާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ