ހއ. ދިއްދޫގެ ގެއެއްގައި އެކަނި ދިރިއުޅެމުން އައި އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފީޝަލު ވިދާޅުވީ، ދިއްދޫ ގެއެއްގައި މީހަކު މަރުވެގެން އުޅޭތީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެރަށު ކައުންސިލް ރައީސް ވިދާޅުވީ، އެރަށު ގެއެއްގައި އެކަނި ދިރިއުޅެމުން އަންނަ މީހަކު ނިޔާވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި، ނިޔާވި އެރަށު ކާމިޔާބުގޭ ޢަބްދުﷲ އިބްރާހީމްގެ ހަށިގަނޑު މިހާރު އޮތީ ހިނަވާ ގޭގައި ކަމަށެވެ.
ދިއްދޫ މީހާކު ބުނީ، ނިޔާވި މީހާގެ ހަށިގަނޑު އެރަށު ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފުލުހުން ކަމަށާއި، އެ މީހާ ނިޔާވެފައި ވަނީ ގުދުރަތީ މަރަކުން ކަމަށް ހޮސްޕިޓަލުން ބުނެފައި ވާކަމަށެވެ.
އެކަނި ދިރިއުޅުނު މީހަކު ނިޔާވެފައޮ އޮއްވާ ފެނުނުއިރު، ޑިންގީއެއްގެ ބުރަފަތިން ޖެހި މިއަދު ބިދޭސީއަކުވެސް ނިޔާވެފައިވެއެވެ.