ދިވެހިރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށް އެމެރިކާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި މައްސަލަތަކެއް ހުރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެއެވެ.
ދިވެހިރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށް އެމެރިކާއިން ލެވެލް ދެއެއްގެ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވަނީ، ދިވެހިރާއްޖޭގައި ނިރުބަވެރި ހަމަލާއެއް ދީފާނެކަމަށް ބުނެއެވެ.
އެގޮތުން ރާއްޖޭގެ ފަތުރުވެރި މަންޒަލްތަކަށާއި، ދަތުރުވެރިން ޖަމާވާ ތަންތަނަށާއި، ވިޔަފާރި މަރުކަޒުތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކަށް ކުޑަ އިންޒާރެއް ދިނުމާއެކު، ނުވަތަ އެެއްވެސް އިންޒާރަކާ ނުލައިވެސް ނިރުބަވެރި ޖަމާއަތަކުން ހަމަލާދީފާނެކަމަށް އެމެރިކާގެ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކަމާގުޅޭ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތި ރާއްޖޭގެ ޖަޒީރާ ރަށެއްގައިވެސް ހަމަލާއެއް ދީފާނެކަމަށް ސަމާލުވުމަށް އެމެރިކާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެމެރިކާއިން ނެރުނު ޓްރެވަލް އެޑްވައިޒީ އާ ގުޅިގެން ދިވެހިރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ދާދި ދެންމެ ވިދާޅުވީ، އެމެރިކާއިން ނެރުފައިވާ ޓްރެވަލް އެޑްވައިޒަރީގެ މައްސަލައިގައި އެ މިނިސްޓްރީން އެމެރިކާއާ ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ، އެމެރިކާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި މަޢުލޫމާތުގެ ކުށް ހުރިކަން އެމެރިކާއިން ދިވެހިރާއްޖެއަށް އަންގާފައިވާ ކަމަށާއި، އެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އެމެރިކާއިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
Government of Maldives is in touch with the US Embassy regarding the travel advisory dated 2 May 2019 and they have informed us that it contains factual errors and is a real mistake on their part and are worki g to fix it as quickly as they can. pic.twitter.com/GigPNzXl1r
— Abdulla Shahid (@abdulla_shahid) May 2, 2019
ރައީސް ޔާމީންގެ ވެރިކަމުގައި އިއުލާން ކުރި އެސްއޯއީގެ ވާހަކައާއި މާފުށީގައި މުޒާހަރާ ކުރާ ވާހަކަތައް މިހާރު ހިނގަމުންދާ ކަމެއްގެ ގޮތުގައި އެމެރިކާގެ ޓްރެވަލް އެޑްވައިޒަރީގައި ހިމަނާފައިވާއިރު، މިފަދަ ގޮތަކަށް ޓްރެވަލް އެޑްވައިޒަރީ ނެރުމުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ގެއްލުމެއް ލިބޭނެއެވެ.



