އިންތިގެ ޝައުގުވެރިކަން ޖޭއެސްސީއަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރަކަށް ވެވަޑައިގެންނެވުމަށް ޝައުގުވެރި ވެވަޑައިގަންނަވާކަމަށް މާފަނު އުތުރުދާއިރާގެ އެމް.ޑީ.ޕީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ. 

އިންތި މިހެން ވިދާޅުވެފައިވަނީ ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، މިގޮތުން އިންތި ވިދާޅުވީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށްވެސް އަދި ނާއިބު ރައީސްކަމަށްވެސް ވުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތްކަމަށާއި، އެހެންނަމަވެސް ފުރުސަތު ލިބިއްޖެނަމަ 19ވަނަ މަޖިލީހުން ޖޭ.އެސް.ސީއަށް ކަނޑައަޅާ މެންބަރަކަށް ވެވަޑައިގަނަނަވަން ބޭނުންފުޅުވާކަމަށެވެ.


އިންތި ފާހަގަ ކޮށްލެވެނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުގެ ބޭރުންވެސް، ޝަރުޢީ ދާއިރާގައިހުރި މައްސަލަތައް ފާހަގަކުރައްވައި، އެކަންކަން ހައްލަކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅުދައްކަވާ މެންބަރެއްގެ ގޮތުގައެވެ. މިގޮތުން ޝަރުއީ ދާއިރާ އާއި ގުޅޭގޮތުން މިފަހުން ދެއްކި ވާހަކަޔަކާއި ގުޅިގެންވަނީ ސުޕްރީމް ކޯޓަށްވެސް ހާޟިރު ކޮށްފައެވެ.


ޖޭއެސްސީގެ މެމްބަރުގެ ގޮތުގައި ތިއްބަވަނީ ރައްޔިތުން މަޖިލީހުގެ ރައީސާއި ސުޕްރީމްކޯޓްގެ ފަނޑިޔާރަކާއި ހައިކޯޓްގެ ފަނޑިޔާރެއްގެ އިތުރުން ދަށުކޯޓުތަކުން ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ޢާއްމުންގެތެރެއިން ޢައްޔަންކުރާ ބޭފުޅެއްގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސާއި ދައުލަތުގެ ބަންޑާރަ ނާއިބާއި ޤާނޫނީ ވަކީލުންގެ ތެރެއިން އައްޔަންކުރެވޭ ވަކީލެކެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. vebcam

    thee Velezinee hama

    1
    1

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ