ސާރވޭއަކަށް ހދ އަތޮޅަށް ދަތުރު ކުރާނެ އުޅަނދެއް ހޯދަނީ

ސާރވޭއެއް ކުރުމަށް ހދ. އަތޮޅަށް ދަތުރު ކުރުމަށް އުޅަނދެއް ހޯދުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިޢުލާނުކޮށްފިއެވެ. 

ފިޝަރީޒް މިނިސްޓްރީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ އެ މިނިސްޓްރީގެދަށުން ހިންގަމުންދާ މޯލްޑިވްސް މެރައިން ރިސާރޗް އިންސިޓިއުޓް ގެ ފަރާތުން ކުރިޔަށްގެންދާ ސާރވޭގެ މަސައްކަތްކުރުމަށް، ހދ.އަތޮޅަށް ދަތުރުކުރުމަށް ކަނޑު އުޅަނދެއް ކުއްޔަށް ހިފުމަށް ބޭނުންވާކަމަށެވެ. 

އެގޮތުން މީގެ ކުރިން ކޮށްފައިވާ އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެމިނިސްޓްރީން މިއަދު ވަނީ އަލުން އުޅަނދެއް ކުއްޔަށް ހިފުމަށް އިޢުލާނުކޮށްފައެވެ.

އެމިނިސްޓްރީން ވިދާޅުވީ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 04 މާރޗް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން އެމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދޭކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ ސާރވޭއަށް އުޅަނދު ކުއްޔަށް ހިފުމަށް ބޭނުންވަނީ 14 މާރިޗު 2021 އިން 26 މާރިޗު 2021 އަށެވެ. އަދި މިދަތުރުގައި ޖުމްލަ 7 މުވައްޒަފުން ބައިވެރި ވުމަށް ވަނީ ހަމަޖެހިފައެވެ.

މި ސާރވޭ ކުރިޔަށް ގެންދިއުމަށް ހަމެޖިހިފައި ވަނީ ހދ. ހޮނޑާފުއްޓާއި، ހދ. ފިނޭއާއި، ހދ. ހިރިމަރަދޫއާއި، ހދ. ކޭލަކުނުގެ އިތުރުން ހދ. ވައިކަރަމުރާދޫގައެވެ.

މި ސާރވޭއަށް ކުއްޔަށް ހިފާ އުޅަނދުގައި ހުންނަންޖެހޭ ޝަރުތުތަކާއި، ހަމަވާންޖެހޭ ތަކެއްޗާއި އަދި އެހެނިހެން ކަންކަން:

  • ޑައިވް އިކުއިޕްމަންޓްތައް އަދި ޑައިވް ފުޅިތަކަށް ވައިއެޅުމަށް ބޭނުންކުރެވޭ ކޮމްޕްރެސަރ ފޯރުކޮށްދިނުން (ޑައިވް
    ފުޅިތަކަށް ވައިއެޅުމުގައި އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.)
  • 8 ޑައިވް ސިލިންޑަރ ފޯރުކޮށްދިނުން
  • ޑައިވް ފުޅިތަކަށް ދުވާލަކު 3 ފަހަރު ވައިއެޅޭނެގޮތް ހަމަޖެހިފައި ހުރުން (އަގު ހުށަހަޅުއްވާއިރު ޑައިވް ފުޅިތަކަށް
    ވައިއަޅައިދޭ އަގު ވަކިން އެގެން އޮންނަންވާނެއެވެ.)
  • 07 ޑައިވަރުންނަށް ޑައިލް ސައިޓްއަށް ފޭބުމަށް އެކަށީގެންވާ ޑިންގީއެއް ހުރު ހުރުން.
  • ސާރވޭ ކުރުމަށް ބޭނުންވާ އިކްއިޕްމަންޓްތައް ބެހެއްޓުމަށާއި އަދި މަސައްކަތްކުރުމަށް އެކަށިގެންވާ ޖާގަ ހުރުން
  • މަދުވެގެން 04 ކެބިން ހުރުމާއި އަދި ކޮންމެ ކެބިންއެއްގައި މަދުވެގެން 2 ބޭފުޅުންނަށް ނިދޭނެ އިންތިޒާމް ހުރުން.
  • ތިން އިރުގެ ކެއުމާއި ބުއިމުގެ އިންތިޒާމް ހަމަޖެހިފައި ހުރުން
  • ދަތުރު ފެށުމުގެ ކުރިން، ދަތުރުގައި ބައިވެރިވާ އުޅަނދުގެ ކެޕްޓަނާއި އަދި ހުރިހާ ފަޅުވެރިން ގެ 48 ގަޑިއިރު ނުވާ
    ޕީ.ސީ.އާރު ޓެސްޓް ނެގެޓިވް ނަތިއްޖާ ހުށަހެޅުން
މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ