ސްރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.
އެސްޓީއޯ އިން މިއަދު ވިދާޅުވީ، މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 50 ލާރި ބޮޑު ވާނެ ކަމަށާއި، މިއަދުން ފެށިގެން އެސްޓޯއޯގެ ފިއުލް ސްޓޭޝަން ތަކުން ތެޔޮ ވިއްކާނީ ޑިސަލް ލީޓަރެއް 12.11ރ އަދި ޕެޓްރޯލް ލީޓަރެއް 11.49ރ އަށް ކަމަށެވެ.
އެސްޓީއޯއިން ޕެޓްރޯލާއި ޑިސަލްގެ އަގަށް ގެނައި ބަދަލު:
ޕެޓްރޯލް (ލީޓަރެއް)
ކުރިން ލިބޭ އަގު: 10.79 ރުފިޔާ
އިތުރުކުރި އަދަދު: 0.70 ރުފިޔާ
މިހާރު ލިބޭ އަގު: 11.49 ރުފިޔާ
ޑިސަލް (ލީޓަރެއް)
ކުރިން ލިބޭ އަގު: 11.61 ރުފިޔާ
އިތުރުކުރި އަދަދު: 0.50 ރުފިޔާ
މިހާރު ލިބޭ އަގު: 12.11 ރުފިޔާ
Our diesel and petrol prices have been revised, effective today. pic.twitter.com/skGMJgSCtk
— STO Plc (@stoplc) May 2, 2019
އެސްޓީއޯއިން މިދިޔަ މާރިޗު މަހުގެ 15 ވަނަ ދުވަހުވެސް ތެލުގެ އަގު ބޮޑުކޮށްފައިވެއެވެ.
އެސްޓީއޯ އިން ތެލުގެ އަގު ބޮޑު ކުރިއިރު މިދިޔަ ޑިސެމްބަރ މަހު ވަނީ ތެލުގެ ބާވަތްތަކުން ޑިއުޓީ ނެގުން ހުއްޓާލާފައެވެ.




