ސްރީލަންކާގެ ސްކޫލުތައް ހޯމަ ދުވަހު ހުޅުވަނީ

ސްރީލަންކާގެ އެކި ހިސާބުތަކުގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ބަންދުކުރި ސްކޫލުތައް އަންނަ ހޯމަ ދުވަހު ހުޅުވައި ކިޔަވައިދޭން ފަށާނެ ކަމަށް ސްރީލަންކާގެ އެޑިއުކޭޝަން މިނިސްޓަރު އަކިލަ ވިރާޖް ކަރިޔަވަސަމް ވިދާޅުވެއްޖެއެވެ.

އަކިލަ ވިރާޖް ކަރިޔަވަސަމް ވިދާޅުވީ، މި ފެށޭ ހަފްތާގެ ހަވަނަ ދުވަހު ސްކޫލުތައް އަލުން ހުޅުވާނެ ކަމަށާއި، އެކަން ކުރަނީ ސަލާމަތީ ބާރުތަކުން މުޅި ގައުމުގެ ހުރިހާ ސްކޫލެއްގެ ސެކިއުރިޓީގެ ހާލަތު ބަލައި، އެ ފަރާތްތަކުގެ ހުއްދަ ލިބުމުން ކަމަށެވެ.

ސްކޫލްތައް އަލުން ހުޅުވާއިރު ސްކޫލުތަކުގައި ސެކިއުރިޓީގެ ކަންކަންކުރިއަށް ގެންދާނެ ގޮތް ބަޔާންކޮށް، 18 ނުކުތާގެ މައްޗަށް އެކުލެވޭ ސާކިއުލާއެއްވަނީ ތައްޔާރުކޮށްފައެވެ.

މީގެ ދެ ހަފްތާ ކުރިން ސްރީލަންކާގެ ކޮލޮމްބޯ، ނެގަމްބޯ އަދި ބަޓިކަލޯގައި ދިން ޖާނުން ފިދާވުމުގެ ހަތް ހަމަލާއާ ގުޅިގެން 257 މީހުން ވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ