ތަރާވީޙް ނަމާދުކުރުމަށް އަދާލަތުން 43 ޙާފިޡުން ގެނެސްފި

1440 ވަނަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް އަދާލަތު ޕާޓީގެ ފަރާތުން 43 ޙާފިޡަކު ރާއްޖެ ގެނެސްފިއެވެ.

އަދާލަތުން ބުނި ގޮތުގައި ތަރާވީޚް ނަމާދުކުރުމަށް ގެނައި ޙާފިޡުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 42 ހާފިޒެއްގެ އިތުރުން ޕާކިސްތާނުން ގެނައި ޙާފިޡެކެވެ. އަދި މިހުރިހާ ޙާފިޡުންވެސް ފޮނުވުމަށް ހަމަޖެހިފައިވާ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޕާޓީއިން ބުނެއެވެ.

އަދާލަތުންވަނީ މީގެ ދުވަސްކޮޅެއް ކުރިން އެޕާޓީ މެދުވެރިކޮށް ޙާފިޡުން ގެނައުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައެވެ.

ޙާފިޡުން ރާއްޖެ ގެނައުމާއި އަނބުރާ ފޮނުވާލުމާއި، މާލޭގައި މަޑުކުރާ ވަގުތާއި ރަށްރަށަށް ފޮނުވުމާއި، ރަމަޟާން މަސް ނިމުމާއިއެކު ޙާފިޡުން އަނބުރާ މާލެ ގެނެސް މާލޭގައި މަޑުކުރަންޖެހޭ މުއްދަތުގައި ހިނގާނެ ޚަރަދާއި، ޙާފިޡުންނަށް ދޭ އެލަވަންސަށް ހިނގާނެ ޚަރަދުގެ ގޮތުގައި މިއަހަރު ނެގުމަށް ހަމަޖެހިފައިވަނީ 24,900/- (ސައުވީސްހާސް ނުވަ ސަތޭކަ) ރުފިޔާކަމަށް މީގެ ކުރިން އެޕާޓީއިން ބުނެފައިވެއެވެ.

އަދާލަތު ޕާޓީގެ ފަރާތުން މީގެ ކުރިންވެސްވަނީ ރަމަޟާންމަހު މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡުން ގެނެސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ